logo
Bank of Maldives

Bank of Maldives

ޚަބަރު

ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ އުފެދުމުން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށް މަގުފަހިވެގެން ދާނެ: މައުރޫފް

ހުސައިން ވަސީމް
8 ޖުލައި 2025 - 14:13
ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ އުފެދުމުން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށް މަގުފަހިވެގެން ދާނެ: މައުރޫފް

އިންޓަނޭޝަނަލް ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީވުމުން ދިވެހިރާއްޖެއަކީ ތަރައްގީވެފައި އޮތް ގައުމަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މަޢުރޫފް ޖަމީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރަމެއްގައި މައުރޫފް ވިދާޅުވީ ހުޅުމާލެ އަކީ މުސްތަގުބަލެއް އޮތް ތަނެއް ކަމަށެވެ. އަދި ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ހުޅުމާލެ ބޮޑު ދައުރެއް އަދާކުރަނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ އަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލްއަށްވުމުގެ ވަރަށް ބޮޑު ދައުރެއް އޮތް ތަނެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ޕްލޭންތަކާ އެއްޗެހި ހަދަމުން އަންނަކަމަށް މައުރޫފް ވިދާޅުވި އެވެ. އެ މަޝްރޫއު ރަނގަޅަށް ކުރިއަށް ދާނަމަ ރާއްޖޭގައި ފައިނޭންޝަލް ކެޕިޓަލްއަށް ވުމުގެ ފުރުސަތު ހުޅުމާލެއަށް އެބައޮތް ކަމަށާ އެއީ ހުޅުމާލޭގެ މުސްތަގުބަލަށް ކުރެވޭ ވަރަށް ބޮޑު ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ފައިނޭންޝަލް ކެޕިޓަލްއެއްގެ ގޮތުގައި ހުޅުމާލެ އުފެދިގެން ދިއުމުން ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

އެ މަޝްރޫއު ރަނގަޅަށް ދާކަމަށް ވެއްޖިއްޔާ އެއޮތީ ރާއްޖޭގަ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ ރާއްޖެގަ ފައިނޭންޝަލް ކެޕިޓަލްއަށް ވުމުގެ ފުރުސަތު އެބޮތް އެއީ އަސްލު ހުޅުމާލެ މުސްތަގުބަލަކީ ވަރަށް ބޮޑު ކަމެއް އެކުރެވުނީ ތަފާތު ކަމެއް އެކުރެވުނީ ތަފާތު ލެވެލްއަކަށް އެގެންދެވުނީ ރާއްޖެއަކީ ހަމަ ތަރައްގީ ވެފައި އޮތް ގައުމަަށް ހެދުމަށް ކޮންޓްރިބިއުޓް ކުރާނެ އެއްކަމަކަށް ވާނެ އެކަންތައް ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި އުފެދިގެން ދިއުން

ގްރޭޓަރ މާލެ ސަރަހައްދުގައި ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެކެވެ.ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރެއްވުމަށް އެޗްޑީސީގެ މާސްޓަރޕްލޭނުން މަގުފަހިވެގެންދާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މިއީ ދުރު ރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާނެ މާސްޓަޕްލޭނަކަށް ކަމަށެވެ. ހުޅުމާލެ ތަރައްގީކުރަން ބޭނުންވަނީ ތޮއްޖެހުން ކުޑަ ހާސްކަން ނައްތާލާ ގޮތަކަށް ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޚަބަރު | 2 ގަޑިއިރު ކުރިންފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | 4 ގަޑިއިރު ކުރިންހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީޚަބަރު | 4 ގަޑިއިރު ކުރިން ވައުދާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިން