logo
E-Platinum
ޚަބަރު

ޑިންގީއެއްގައި ފުރި ދޮށީ އުމުރުގެ މީހަކު ގެއްލިގެން ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖުލައި 2025 - 16:33
ޑިންގީއެއްގައި ފުރި ދޮށީ އުމުރުގެ މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ފުރި 75 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ އަކީ ގދ. ގައްދޫއިން ގަމަށް ދަތުރުކުރި މީހެކެވެ. އެ މީހާ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިއަދު ހަވީރު 17:05 ގައެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޮށީ އުމުރުގެ މި މީހާ ގައްދޫ އިން ފުރާފައި ވަނީ 10 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރުއެވެ.

މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ބެލިބެލުމުން ގެއްލިފައިވާ ފަރާތް ހެނދުނު 11:15 ގައި ގަމުން ފުރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމީހާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ އައި-ކުރު ގަމީހަކާއި ކަޅު ކުލައިގެ ޝޯޓެކެވެ.

އެމީހާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދި ގަމާއި ގަން ކައިރީ ފަޅު ރަށްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށްޚަބަރު | 16 ގަޑިއިރު ކުރިންމާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފިޚަބަރު | 19 ގަޑިއިރު ކުރިންފުލުހުންގެ ފުޅަނދުން އާއްމުންނަށް ދިނީ އެއްބައިވަންތަކަމާއި ރައްކާތެރިކަމުގެ މެސެޖުތައްޚަބަރު | 2 ދުވަސް ކުރިންމާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެޚަބަރު | 3 ދުވަސް ކުރިން