logo
ކުޅިވަރު

ގިބްސް ވައިޓް ޓޮޓްނަމްއަށް

އަބްދުﷲ ޣާނިމް
11 ޖުލައި 2025 - 07:42
މިއީ 24 ގަޑިއިރުތެރޭގައި ޓޮޓްނަމްއިން ސޮއިކުރުވި ދެވަނަ ކުޅުންތެރިޔާ
މިއީ 24 ގަޑިއިރުތެރޭގައި ޓޮޓްނަމްއިން ސޮއިކުރުވި ދެވަނަ ކުޅުންތެރިޔާ

ނޮޓިންގަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ޓޮޓްނަމް ހޮޓްސްޕަރއަށް ބަދަލުވުމުގެ މަގުމަތީގައިވާ ކަމަށް ރިޕޯޓުތައް ދައްކައިފިއެވެ. އިނގިރޭސި މިޑްފީލްޑަރުގެ ރިލީޒް ކްލޯޒްގެ އަގު ކަމަށްވާ 60 މިލިއަން ޕައުންޑް ޓޮޓްނަމްއިން ދައްކާފައިވާ ރިޕޯރޓްތައް ބުނެއެވެ.

25 އަހަރުގެ ގިބްސް-ވައިޓް މެޑިކަލް ޓެސްޓުތައް ހެދުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ދުވަހުއެވެ. އަމިޓްރާންސްފަރ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ގިބްސް-ވައިޓްއަކީ މެންޗެސްޓަރ ސިޓީގެ ޝައުގުވެރިކަން ވެސް ލިބިފައިވާ ކުޅުންތެރިއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިބްސް-ވައިޓް ފޮރެސްޓާ ގުޅުނީ 2022 ވަނަ އަހަރު އޭނާ ހެދިބޮޑުވި ކްލަބް ވޯލްވްސްއިން 25 މިލިއަން ޕައުންޑަށެވެ. މި އަގު އިތުރު ބޯނަސްތަކާއެކު 42.5 މިލިއަން ޕައުންޑަށް އަރާފައިވެއެވެ. ގިބްސް ވައިޓް ފާއިތުވި ސީޒަނުގައި ޕްރިމިއަރ ލީގުގެ 34 މެޗުގައި ކުޅެ، 7 ލަނޑާއި 8 އެސިސްޓް ހަދާފައިވެއެވެ.

އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގަށް ކޮލިފައިވެފައިވާ ޓޮޓްނަމްއިން ދަނީ ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެސްޓް ހެމްގެ މުހައްމަދު ކުދޫސް 54.5 މިލިއަން ޕައުންޑަށް ގެނެސްފައިވާއިރު، ޖޭ ލީގު ކްލަބް ކަވަސަކި ފްރޮންޓާލޭގެ 20 އަހަރުގެ ޖަޕާނު ޑިފެންޑަރު ކޯޓާ ޓަކާއީ ވެސް ގެނެސްފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 4 ގަޑިއިރު ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 6 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 13 ދުވަސް ކުރިން