logo
ޚަބަރު

ކުރިއަށް އޮތް ތިންދުވަހު ވެސް މޫސުން ގޯސްކަމަށް ލާފާކޮށްފި

ޝަހްޒާ މުހައްމަދު
11 ޖުލައި 2025 - 09:57
ކުރިއަށް އޮތް ތިންދުވަހު ވެސް މޫސުން ގޯސްކަމަށް ލާފާކޮށްފި

ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެެ.

މީޑިއާއަށް މައުލޫމާތު ދެއްދަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ ފަރާތުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅުވާނީ ކުރިއަށް އޮތް ދެތިން ދުވަސް ފަހުންނެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް ޚަބަރު | 8 ދުވަސް ކުރިންހއ އިން ފެށިގެން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފި ޚަބަރު | މަހެއް ކުރިންދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސް ޚަބަރު | މަހެއް ކުރިންމިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްޚަބަރު | މަހެއް ކުރިން