ޚަބަރު
އަޙްމަދު ޒަލީފް



ފީނަން ފޭބި އެމެރިކާގެ ފަތުރުވެރިއަކު މަރުވެއްޖެ


12 ޖުލައި 2025 - 09:04
އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 12:28 ހާއިރުއެވެ.
މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން ދިޔަ ފަތުރުވެރިޔަކު ނިޔާވެފައިވާ މައްސަލައެއް މި މަހުގެ 6 ވަނަ ދުވަހުގެ 12:28 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އެމެރިކާ އަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
އަހަރެއް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
އަހަރެއް ކުރިން
ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ
އަހަރެއް ކުރިން