logo
E-Platinum
ކުޅިވަރު

ރަޝްފޯޑުގެ ސޮއި ހޯދުމަށް ބާސެލޯނާގެ ސްޕޯރޓިންގ ޑިރެކްޓަރ ޑެކޯ ބޭނުމެއްނުވޭ

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ރަޝްފޯޑުގެ ސޮއި ހޯދުމަށް ބާސެލޯނާގެ ސްޕޯރޓިންގ ޑިރެކްޓަރ ޑެކޯ ބޭނުމެއްނުވޭ

ބާސެލޯނާގެ ސްޕޯޓިންގ ކޮމިޓީގެ އިސް މެންބަރު އަދި ސްޕޯރޓިންގް ޑައިރެކްޓަރ ޑެކޯ، މާކަސް ރަޝްފޯޑްގެ ސޮއި ހޯދުމަށް މަސައްކަތްކުރުމާ ދެކޮޅު ހަދަމުންދާކަމަށް ޖަވީ މިގުއެލް ހާމަކޮށްފިއެވެ. ޑެކޯ އިސްކަންދެނީ ލުއިސް ޑިއާޒް ފަދަ އެހެން ކުޅުންތެރިންނަށް ކަމަށާއި، މިކަމުގެ ސަބަބުން ކުލަބުގެ ސްޕޯޓިންގ ކޮމިޓީގައި ތަފާތު ޚިޔާލުތައް އުފެދިފައިވާ ކަމަށް ވެއެވެ.

މީގެކުރިން ބާސެލޯނާއިން ލިވަރޕޫލްގެ ލުއިސް ޑިއާޒްގެ ސޮއި ހޯދަން މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް ލިވަރޕޫލުން ހުރީ ކުޅުންތެރިޔާ ދޫކޮށްލުމަށް ތައްޔާރަކަށްނޫނެވެ. އެހެންކަމުން މިކުޅުންތެރިޠާގެ ސޮއި ހޯދުމަށް ބާސެލޯނާއިން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުވާނެކަމަށް ބެލެއެވެ.

މީގެއިތުރުން ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށް، މުސާރައިން ބައެއް ދޫކޮށްލަން ތައްޔާރަށް ހުރި ނަމަވެސް، ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން މި ބަދަލު ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ފައިނޭންޝަލް ފެއަރ ޕްލޭގެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި، އައު ކުޅުންތެރިންގެ ސޮއި ހޯދުމުގެ ކުރިން ބާސެލޯނާއިން ވަނީ މިހާރު ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހިފައެވެ.

މި ވަގުތު ކުލަބުގެ އެންމެ އިސް އަމާޒަކަށް ވެފައިވަނީ ލަލީގާގެ މުސާރައިގެ ލިމިޓްތެރޭގައި ބަޖެޓުން ޖާގަ ހޯދުމަށްޓަކައި ކުޅުންތެރިން ދޫކޮށްލުމުގެ މަސައްކަތް އަވަސްކުރުމެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝްފޯޑުގެ ސޮއި ހޯދުމަށް ބާސެލޯނާގެ ސްޕޯރޓިންގ ޑިރެކްޓަރ ޑެކޯ ބޭނުމެއްނުވޭކުޅިވަރު | 4 ދުވަސް ކުރިންނިކޯ ވިލިއަމްސް ބާސެލޯނާއަށް ދޯކާދިނުމުގައި ޓެބަސް ސިއްރު މަޢުލޫމާތު ހާމަކުރި ކަމަށް ތުހުމަތުކުޅިވަރު | 7 ދުވަސް ކުރިންމާލީ ޤަވާއިދުތަކާއި ޚިލާފުވެގެން ޔުއޭފާއިން ޗެލްސީ އަދި ބާސެލޯނާ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިކުޅިވަރު | 11 ދުވަސް ކުރިންނިކޯ ވިލިއަމްސް ކޮންޓްރެކްޓްގައި ސޮއިކޮށްފި، އެކަމަކު ބާސާ އަކަށް ނޫންކުޅިވަރު | 12 ދުވަސް ކުރިން