logoEN
ކުޅިވަރު

މާލީ ޤަވާއިދުތަކާއި ޚިލާފުވެގެން ޔުއޭފާއިން ޗެލްސީ އަދި ބާސެލޯނާ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ޔުއޭފާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަށް ހާސިލް ނުވެއްޖެނަމަ އަދަބު އިތުރަށް ބޮޑޫވެގެންދާނެ

ޔުއޭފާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަށް ހާސިލް ނުވެއްޖެނަމަ އަދަބު އިތުރަށް ބޮޑޫވެގެންދާނެ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ޖުލައި 2025 - 07:37

ޔޫރަޕިއަން ފުޓްބޯޅައިގެ އެންމެ އިސް ޖަމްއިއްޔާ ކަމަށްވާ ޔުއެފާއިން މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ އަށް 31 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފިއެވެ. މީގެ އިތުރުން ސްޕެއިންގެ ބާސެލޯނާ، ފްރާންސްގެ އޮލިމްޕިކް ލިޔޯން އަދި އިނގިރޭސި ކްލަބް އެސްޓަން ވިލާ އަށްވެސް ބޮޑެތި ޖޫރިމަނާތަކެއް ކޮށްފައިވެއެވެ.

ޗެލްސީގެ ޖޫރިމަނާގެ ތެރެއިން 20 މިލިއަން ޔޫރޯ އަކީ ފުޓްބޯޅައިން ލިބޭ އާމްދަނީގެ ގަވާއިދާ ޚިލާފުވުމުން ކުރި ޖޫރިމަނާ އެވެ. އަދި 11 މިލިއަން ޔޫރޯ އަކީ ކުޅުންތެރިންގެ ޚަރަދުގެ ގަވާއިދާ ޚިލާފުވުމުން ކުރި ޖޫރިމަނާ އެވެ. މި ޖޫރިމަނާތަކުގެ އިތުރުން، ކްލަބުން މާލީ ހާލަތު ރަނގަޅު ނުކޮށްފިނަމަ އިތުރު 60 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކުރުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީން އެ ކްލަބުގެ އަންހެނުންގެ ޓީމު 235 މިލިއަން ޔޫރޯއަށް ބްލޫކޯ އަށް ވިއްކާލާފައިވީ ނަމަވެސް، ޔުއެފާއިން އެ މުޢާމަލާތް ބަލައިގަނެފައެއް ނުވެއެވެ. އަދި ކްލަބުން ދެ ހޮޓަލެއް އެހެން ކުންފުންޏަކަށް ވިއްކާލާފައިވާ މުޢާމަލާތްވެސް ވަނީ ސުވާލުމާކެއްގެ ދަށުގައެވެ.

ބާސެލޯނާ އަށް ވަނީ 15 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައެވެ. މީގެ އިތުރުން ޔުއޭފާއިން ވަނީ އިތުުރު 60 މިލިޔަން ޑޮލަރުން ބާސެލޯނާ ޖޫރިމަނާކޮށް ކުރިޔަށް އޮތް 2 އަހަރު ތެރޭގައި ކަންކަން ރަނގަޅުކުރަން އެދިފައެވެ. އަދި ދެއަހަރުތެރޭގައި ޔުއޭފާއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ބާސެލޯނާއަށް ހާސިލްނުވެއްޖެނަމަ، މި 60 މިލިޔަން ޑޮލަރުގެ ޖޫރިމަނާ ދައްކަން ބާސެލޯނާއަށް މަޖުބޫރުވާނެއެވެ. މީގެ އިތުރުން އަންނަ ސީޒަނުގައި ޗެންޕިއަންސް ލީގުގެ ސްކޮޑުގައި 25 ކުޅުންތެރިންގެ ނަން ބާސެލޯނާއަކަށާް ނުޖެހޭނެއެވެ، މިއަދަދު ޔުއޭފާއިން ކުޑަކޮށްފައިވާނަމަވެސް ކުޑަކުރި އަދަދެއް މީޑިޔާއަކަށް ހާމައެއް ނުކުރެއެވެ.

ބާސާއާއި ޗެލްސީގެ އިތުރުން ލިޔޯން އަށް 12.5 މިލިއަން ޔޫރޯ އަދި އެސްޓަން ވިލާ އަށް 11 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.

މި ހުރިހާ ކްލަބުތަކުންވެސް ވަނީ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މާލީ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެފައެވެ.

ކޮމެންޓް

871x217_placeholder