logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިކޯ ވިލިއަމްސް ބާސެލޯނާއަށް ދިއުމަށް ދެކޮޅު ހަދައި، އެތްލެޓިކް ކްލަބާއެކު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަބްދުﷲ ޣާނިމް
4 ޖުލައި 2025 - 09:28
ނިކޯ ވިލިއަމްސް
ނިކޯ ވިލިއަމްސް

އެތްލެޓިކް ކްލަބްގެ ސްޕެއިންގެ އެޓޭކަރ ނިކޯ ވިލިއަމްސް ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް، އޭނާގެ ކުަލަބު އެތްލެޓިކް ކްލަބާއެކު 10 އަހަރުގެ އާ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ.

22 އަހަރުގެ ވިލިއަމްސްއަކީ މި މޫސުމުގެ ތެރޭގައި ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓުކުރި ކުޅުންތެރިއެކެވެ. އަދި ބާސެލޯނާއިން ވިލިއަމްސްއާއެކު އަމިއްލަ ޝަރުތުތަކާ މެދު އެއްބަސްވުމަކަށް ވެސް އާދެވިފައިވާ ކަމަށް ބުނެވުނެވެ. މިކަން ގިނަ މީޑިޔާތަކުން ރިޕޯރޓްކޮށްފައިވާއިރު، ބާސެލޯނާގެ ރައީސް އަދި ސްޕޯޓިންގ ޑިރެކްޓަރުވެސް ވަނީ ނިކޯގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު އެތްލެޓިކް ކްލަބުން ވަނީ ޕްރެސް ރިލީޒެއް ނެރެ، ވިލިއަމްސް 2035 ވަނަ އަހަރުގެ ނިޔަލަށް ކްލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރި ކަން ހާމަކޮށްފައެވެ. މި އެއްބަސްވުމާއެކު އޭނާގެ ރިލީޒް ކްލޯޒް ވެސް ވަނީ 50 އިންސައްތައަށް ވުރެ އިތުރުކޮށްފައެވެ.

 

 

 

މިއީ ވިލިއަމްސް ބާސެލޯނާއަށް ދިއުމަށް ދެކޮޅުހެދި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެމިދިޔަ ސީޒަނުގެ ޓްރާންސްފަރ މާކެޓްގައި ބާސެލޯނާއިން ވަނީ އޭނާ ސޮއިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ވިލިއަމްސް ވަނީ އޭނާ ހެދިބޮޑުވި ކްލަބް ކަމަށްވާ އެތްލެޓިކް ކްލަބްގައި ދެމިހުރުމަށް ނިންމާފައެވެ.

ވިލިއަމްސްއަކީ އެތްލެޓިކް ކްލަބްގެ އެކަޑަމީން ފެށިގެން ކުރިއަރައި އައިސް، މިހާރު ސްޕެއިންގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވެފައިވާ ޒުވާން ކުޅުންތެރިއެކެވެ. އޭނާގެ ބޭބެ އިނާކީ ވިލިއަމްސް ވެސް ކުޅެމުން އަންނަނީ އެތްލެޓިކް ކްލަބަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާ ބަނގުރުޓުން ސަލާމަތްވެ، ދުބާއީގައި ރިއަލް އެސްޓޭޓް މާކެޓަށްކުޅިވަރު | 16 ގަޑިއިރު ކުރިންމިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީކުޅިވަރު | 16 ގަޑިއިރު ކުރިންއަރައުހޯގެ ގޯލާއެކު ބާސެލޯނާގެ ފޭވަރިޓް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންޔަމާލްގެ ގޯލާއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 10 ދުވަސް ކުރިން