ނިކޯ ވިލިއަމްސް ބާސެލޯނާއަށް ދޯކާދިނުމުގައި ޓެބަސް ސިއްރު މަޢުލޫމާތު ހާމަކުރި ކަމަށް ތުހުމަތު

ލަލީގާގެ ރައީސް ހާވިއަރ ޓެބާސް

08 ޖުލައި 2025 - 16:24
ލަ ލީގާގެ ރައީސް ޖަވިއަރ ޓެބަސް އިން ބާސެލޯނާގެ ސިއްރު މާލީ މަޢުލޫމާތުތައް އެތްލެޓިކް ބިލްބާއޯއާ ހިއްސާކޮށް، ނިކޯ ވިލިއަމްސް ބާސެލޯނާއަށް ބަދަލުވުން ހުއްޓުވުމަށް މަސައްކަތްކުރި ކަމަށް މިގުއެލް ގަލާން ވަނީ ތުހުމަތުކޮށްފައެވެ.
ވިލިއަމްސް އެތްލެޓިކް ކްލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، ޓެބަސް ވަނީ ބާސެލޯނާގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓުތައް އެތްލެޓިކް ކްލަބުގެ ބޯޑާ ހިއްސާކޮށްފައިވާ ކަމަށް ބެލެވެއެވެ. މި މަޢުލޫމާތުތައް އެތްލެޓިކްގެ އިސްވެރިން ވަނީ ވިލިއަމްސްއާއި އޭނާގެ އާއިލާއާ ހިއްސާކޮށް، ބާސެލޯނާއަށް ބަދަލުވުމާމެދު ޝައްކު އުފެއްދުމަށް މަސައްކަތްކޮށްފައެވެ.
ބާސެލޯނާއިން ވިލިއަމްސްއާއެކު އެއްބަސްވުމަކާ ކައިރިވެފައިވަނިކޮށް، ކުއްލިއަކަށް މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބަކީ ކުޅުންތެރިޔާގެ ފަރާތުން އިތުރު ޝަރުތުތަކެއް ހުށަހެޅުމެވެ. މީގެ ތެރޭގައި ކުޅުންތެރިޔާ ރަޖިސްޓްރީ ނުކުރެވިއްޖެނަމަ ދޫކޮށްލެވޭނެ ކަމަށްބަޔާންކޮށް ލިޔުމުން ގެރެންޓީ ހޯދުމުގެޝަރުތަކާއި އިތުރު މާލީ ގެރެންޓީތައް ހިމެނެއެވެ.
މި މައްސަލައިގައި ޓެބަސްގެ މި ޢަމަލަކީ ބާސެލޯނާގެ މުސްތަޤުބަލުގެ ޓްރާންސްފަރ ޕްލޭންތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިއީ ލަ ލީގާގެ ރައީސެއްގެ ހައިސިއްޔަތުން ކްލަބުތަކުގެ މެދުގައި ހިފަހައްޓަންޖެހޭ އިތުބާރާ ޚިލާފު ޢަމަލެއް ކަމަށްވެސް ބެލެވެއެވެ.ބާސެލޯނާގެ ރައީސް ފާޅުގައި ރެއާލް މެޑްރިޑްއަށް ސަޕޯޓުކުރާކަމަށް މީގެކުރިން ވަނީ މީޑިޔާގައި ހާމަކޮށްފައެވެ. ނަމަވެސް ރެއާލް މެޑްރިޑްއާއި ބާސެލޯނާގެ މެނޭޖްމަންޓުން ވަނީ ފާޅުގައި ޓެބާސް ލަލީގާގެ ރައީސް ކަމުން ވަކިކުރުމަށް މަސައްކަތްކުރާކަމަށް މީގެކުރިން ބުނެފައެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
9 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
9 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
8 މަސް ކުރިން