ޒަޚަމްތަކަކާއެކު މާޅޮހުގެ ގެއެއްގެ ތެރެއިން ފެނުނު މީހަކު ނިޔާވެއްޖެ
އަޙްމަދު ޒަލީފް
13 ޖުލައި 2025 - 03:34

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު ޒަޚަމްތަކަކާއެކު ފެނިއްޖެއެވެ.
ޒަޚަމްތަކަކާއކެު ފެނިފައި ވަނީ އެރަށު އޯކިޑްމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް އެވެ.
އެމީހާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ، ބޮޑެތި ޒަހަމްތަކެއް ދީފައިވާއިރު، މި ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި ރޭ ދަންވަރު 1:50 އެހާކަށްހާއިރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. މި ޒަހަމްތަކަށް ފަރުވާ ކުރަމުން ދަނިކޮށް އޭނާ ނިޔާވެފައިވަނީ ރޭގެ ފަތިހުވެ ވަގުތެއްގައެވެ.
ފުލުހުންގެ ޚިދުމަތުން މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނައިރު، މި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަޙުޤީޤު ޓީމެއް އެރަށަށް ދިއުމަށް ދަނީ ދަތުރު ކުރަމުންނެވެ.