ޤާޠިލްގެ ހިލަމެއް ނެތް، މި ހިނގަނީ މާޅޮހުގެ ޙަޔާތުން އެންމެ ހިމޭން ވަގުތުކޮޅު
13 ޖުލައި 2025 - 15:42

ޝައްކު ނުހިނގާ ވަރަށް ޔަޤީންވާ އެއްކަމެއް އެބަ އޮތެވެ. ޢަބްދުއްރަހްމާން އާދަމް އެ ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ.
ހިމޭން ފަތިހެއްގައި އަރާމު ނިންޖަކުން ނިދާފައި އޮތް ޢަބްދުއްރަހްމާނުގެ މުޅި ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. ދުވަހަކަށް އިރުއެރި 2025 ވަނަ ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އިރުވެސް އޭގެ ވާޖިބު އަދާކުރުމަށްފަހު، ރަށުގެ މަސައްކަތްތެރިންނާއި ކުދިބޮޑު އެންމެނަށް ނިޔާމަ ރޭގަނޑަކަށް އެދެމުން ދުނިޔޭގެ އުދަރެހުން ގެއްލިއްޖެއެވެ.އެއީ އިލާހީ ޤާނޫނެވެ. ދުނިޔެވީ ސުންނަތެވެ.
ނަމަވެސް، މާޅޮހަށް މިރޭ އެހޭ އުފާވެރިއެއް ނޫނެވެ. ކޮންމެ މަގަކުން ކޮންމެ ގޯޅިއަކުން، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މާޔޫސް ކަމެވެ. އެކަނިވެރިކަމެވެ. އިހްސާސް ކުރެވެނީ ހިތާމައެވެ. ކުރެވެނީ ނުހަނު ބޮޑު ހިތްދަތި ކަމެކެވެ.
—
ޢަބްދުއްރަހްމާންގެ ހަށިގަނޑު ރަށުން އެ ގެންދިޔައީ އިތުރު ތަޙުލީލުތައް ހެދުމަށެވެ. ސުވާލަކީ ޤާޠިލް ކޮބާބައެވެ. އެމީހަކު ނުވަތަ ބަޔަކު ވީ ކޮންތާކުބާއެވެ. ޢަބްދުއްރަހްމާނާ ގުޅޭގޮތުން ރަށުތެރޭގައި ދައްކާ ވާހަކަ ތަފާތެވެ. އެވަރުގެ އަނިޔާއެއް ދޭންޖެހޭ ވަރުގެ ސަބަބެއް ނެތޭ ބުނާ މީހުން ގިނައެވެ. ސިހުރުގެ ކުޅިގަނޑެއްގެ ތެރެއިން ހިނގި ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.
އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ ރޭ 1:15 ހާއިރު އެވެ. އޭނާއަށް ދިން ހަމަލާގެ ސަބަބުން ނިތްމަތިންނާއި ބޮލުގެ ވާތްފަރާތުން ވަރަށް ބޮޑަށް ޒަހަމުވެފައި ވެ އެވެ.
އަބްދުއްރަހްމާން މަރުވީ އެ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު އެވެ. އޭނާ ޒަހަމުކޮށްލީ ކާކުކަމެއް، ނުވަތަ ކޮންބައެއްކަމެއް އަދި ނޭނގެ އެވެ.
މިކަމުގެ ތަޙުޤީޤުގައި އެންމެ ފުނަށް ގޮސް، ޢަބްދުއްރަހްމާންގެ ޤާތިލް ހޯދުމަކީ މުޅި މާޅޮސް އެދޭ އެންމެ ބޮޑު އެދުމެވެ.
އަބްދުއްރަހްމާން މަރުވިއިރު، އޭނާގެ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ދުނިޔޭގައި އެބަ ތިއްބެވެ.