logo
MPL

MPL

ޚަބަރު

އަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސް

ޢައްފާން މުޙައްމަދު
28 އޯގަސްޓު 2025 - 09:36
އަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން --
އަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން --

އއ. މާޅޮހުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު  އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން 27 އަހަރުގެ އަޙްމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި އާޝިދުގެ އިތުރުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މުޙައްމަދު ވިޝާމާއި 27 އަހަރުގެ އަޙްމަދު ފާރިސްއެވެ. މި ތިން މީހުންނަކީ ވެސް މާޅޮހަށް ނިސްބަތްވާ ތިން މީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެތެރެއިން ފާރިސްއާއި ވިޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ނެރެދީފައެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ. އާޝިދުގެ ބަންދު މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ ބަންދު އަމުރެއް ވަނީ ނެރެދީފައެވެ.

65 އަހަރުގެ ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ޙިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 3 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 5 ދުވަސް ކުރިން