logo
Bank of Maldives

Bank of Maldives

ޚަބަރު

ރަންފަރު ފަޅުން މާޅޮހަށް ނަފާ ހޯދައިދިނުމަށް އެހީވާނަން - ރައީސް

އަޙްމަދު ޒަލީފް
19 އޯގަސްޓު 2025 - 11:00
ރަންފަރު ފަޅުން މާޅޮހަށް ނަފާ ހޯދައިދިނުމަށް އެހީވާނަން - ރައީސް

މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ރަންފަރުފަރު ފަޅުން މާޅޮހު ރައްޔިތުންނަށް އިޤްތިޞާދީ ބޭނުންހިފުމަށް ސަރުކާރުން ފުރިހަމަ އެއްބާރުުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރަންފަރުފަޅުން މާޅޮހު ރައްޔިތުން އިޤްތިޞާދީ ބޭނުންކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. ސަރުކާރުން ވަރަށް ގާތުން ރައްޔިތުންނާ އެކު މަސައްކަތްކޮށް، މާޅޮހަށް ބޭނުންވާ ފުރިހަމަ ތަރައްޤީ ގެނެސްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މާޅޮހުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ފުރިހަމަކުރުންކަމަށް އިސްކަންދެއްވާކަމަށާއި، އޭގެތެރޭގައި ހުއްޓިފައިވާ އަދި އަލަށް ފަށާ މަޝްރޫޢުތައް ހިމެނޭކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިހާރު އިދާރީ މަސައްކަތަށް އިމާރާތެއް ހުއްޓަސް މެޑިކަލް ބޭނުންތަކަށް ބޭނުންވާ އިމާރާތެއް ބޭނުންވޭ. އެ މަސައްކަތް ކުރިއަށް ގެންދާނަން" ރައީސް ވިދާޅުވިއެވެ. 

ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތުގެ ދަށުން މާޅޮހު ދަނޑުގައި ޓާފް އެޅުމާއި ލައިޓު ހަރުކުރުން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށޭނެކަމަށާއި، ހޭންޑު ބޯލް ކޯޓާއެކު އިތުރު ކުޅިވަރުގެ ވަސީލަތްތައްވެސް މާޅޮހުގައި ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަށުގެ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރި މަޝްރޫޢޫގެ ދަށުން އެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ބާރު ދުވެލީގައި ކުރިއަށްދާނެކަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ކަންކަން ރައްޔިތުން އެދޭ ކޮންސެޕްޓަށް ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސްޚަބަރު | 3 މަސް ކުރިންމާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ ޚަބަރު | 4 މަސް ކުރިންރަންފަރު ފަޅުން މާޅޮހަށް ނަފާ ހޯދައިދިނުމަށް އެހީވާނަން - ރައީސް ޚަބަރު | 4 މަސް ކުރިންއަބްދުއްރަހުމާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދައްފަހުޚަބަރު | 5 މަސް ކުރިން