logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހްމާނުގެ މަރުގެ ހަޤީޤަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން - ފުލުހުން

އަޙްމަދު ޒަލީފް
17 ޖުލައި 2025 - 14:56
އަބްދުއްރަހްމާނުގެ މަރުގެ ހަޤީޤަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން - ފުލުހުން

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލާގައި ތަހުޤީގީ ނަޒަރަކުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމަށް މިމަހުގެ 21 ވަނަ ދުވަހު ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވީ އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރައްވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސްޚަބަރު | 3 މަސް ކުރިންމާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ ޚަބަރު | 4 މަސް ކުރިންރަންފަރު ފަޅުން މާޅޮހަށް ނަފާ ހޯދައިދިނުމަށް އެހީވާނަން - ރައީސް ޚަބަރު | 4 މަސް ކުރިންއަބްދުއްރަހުމާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދައްފަހުޚަބަރު | 5 މަސް ކުރިން