logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހްމާންގެ މަރާ ގުޅިގެން ބައެއް މީހުންގެ ސާމްޕަލް ނަގަނީ

އަޙްމަދު ޒަލީފް
14 ޖުލައި 2025 - 15:12
އަބްދުއްރަހްމާންގެ މަރާ ގުޅިގެން ބައެއް މީހުންގެ ސާމްޕަލް ނަގަނީ

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އެ އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ރަށުގެ ބައެއް މީހުންނާ ސުވާލުކޮށް ސާމްޕަލް ނަގަން ފަށައިފިއެވެ.

އެގޮތުން، ކައުންސިލް އިދާރާ އަށް ހާޒިރުކޮށް މިއަދުގެ މެންދުރުން ފެށިގެން ބައެއް މީހުންނާ ސުވާލުކޮށް އިނގިލީގެ ނިޝާން ނެގުން ފަދަ ފޮރެންސިކް ބައެއް މައުލޫމާތުތައް ފުލުހުން އަންނަނީ އެއްކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރަހްމާން 65، ގޭގައި ބޮޑެތި ޒަހަމްތަކާއެކުގައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އޭގެ ފަހުން އެ ރަށުގެ އިތުރު ބަޔަކަށް ވެސް އަބްދުއްރަހްމާންގެ ހަށިގަނޑު ފެނިފައިވެއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލަށް ގެންދިޔަ މީހުން ވެސް ހިމެނެއެވެ.

ހޮނިހިރު ދުވަހުގެރޭ ދަންވަރު އަބްދުއްރަހްމާނަށް ދިން ވަރުގަދަ ހަމަލާގައި އޭނާ ނިޔާވިއިރު، ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ނުދެއެވެ. އަދި މި މައްސަލައިގައި މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

އަބްދުއްރަހުމާނުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ ވަނީ މާލެ ގެނެސްފައެވެ. މި ހާދިސާއާ ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން ދަނީ މޮނީޓާ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސްޚަބަރު | 3 މަސް ކުރިންމާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ ޚަބަރު | 4 މަސް ކުރިންރަންފަރު ފަޅުން މާޅޮހަށް ނަފާ ހޯދައިދިނުމަށް އެހީވާނަން - ރައީސް ޚަބަރު | 4 މަސް ކުރިންއަބްދުއްރަހުމާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދައްފަހުޚަބަރު | 5 މަސް ކުރިން