މައްސަލަ އިތުރަށްގޯސްވެ ގްޔޯކެރޭސް ތަމްރީނުތަކުގައި ބައިވެރިނުވާން ނިންމުމާއި ގުޅިގެން ރައީސް ރަތަށް
13 ޖުލައި 2025 - 04:16

ޕޯޗުގީޒް ކްލަބް ސްޕޯޓިންގ ލިސްބަންގެ ސްޓްރައިކަރު ވިކްޓަރ ގްއޯކެރެސް ޓްރާންސްފަރ ގެ މައްސަލައިގައި ސްޕޯރޓިންގެ ޕްރީ ސީޒަން ތަމްރީނަށް ނުނިކުތުމާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށްބުނެ ކްލަބުގެ ރައީސް ފްރެޑެރިކޯ ވަރަންޑާސް އިންޒާރުދީފިއެވެ.
އާރސެނަލްއިން 69 މިލިއަން ޕައުންޑަށް ގިއޯކެރެސް ސޮއިކުރުމަށް މަސައްކަތްކުރަމުންދާއިރު، ހުކުރު ދުވަހު ތަމްރީނަށް ނުކުތުމަށް ކްލަބުން ގްޔޯކެރޭސްއަށް އަންގާފައިވަނިކޮށް އޭނާ ވަނީ ތަމްރީނަށް ހާޒިރުނުވެ ދޫކޮށްލާފައެވެ.
"އަޅުގަނޑުމެން ވަރަށް ހަމަޖެހިގެން މިކަމާ މެދު ތިބީ. ޓްރާންސްފަރ މާކެޓް ނިމުމާއެކު، ބޮޑު ޖޫރިމަނާއަކާއި ޓީމަށް މަޢާފަށް އެދުމަކުން މިކަން ހައްލުކުރެވޭނެ،"ސްޕޯރޓިނންގ ގެ ރައީސް ވަރަންޑާސް ވިދާޅުވިއެވެ.
ގިއޯކެރެސްއަކީ 2023 ވަނަ އަހަރު ކޮވެންޓްރީ ސިޓީން 20 މިލިއަން ޕައުންޑަށް ސްޕޯޓިންގއާ ގުޅުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން ކުޅުނު 102 މެޗުގައި 97 ލަނޑު ޖަހާފައިވާ އޭނާއަކީ ވޭތުވެދިޔަ ސީޒަންގައި 52 މެޗުން 54 ލަނޑު ޖަހައި، ސްޕޯޓިންގ ލީގާއި ޕޯޗުގީޒް ކަޕް ކާމިޔާބުކުރުމަށް މަގުފަހިކޮށްދިން ކުޅުންތެރިއެކެވެ.
"ގިއޯކެރެސްގެ އަގު އަދާކުރަން ބޭނުންނުވާ ނަމަ، އަޅުގަނޑުމެން ވަރަށް އުފަލާއެކު އޭނާ އަދި ތިން އަހަރު ބަހައްޓާނަން. މި ސްޓްރެޓެޖީ ރާވާ ބޭފުޅުން ހީފުޅުކުރައްވަނީ މިކަމުން އަޅުގަނޑުމެންނަށް ޕްރެޝަރ ކުރެވޭނެ ކަމަށް ނަމަ، އެއީ ވަރަށް ބޮޑު ކުށް ހީއެއް،" ވަރަންޑާސް އިތުރަށް ވިދާޅުވިއެވެ.
އާރސެނަލްއާއި ސްޕޯޓިންގ އާ ދެމެދު ގިއޯކެރެސްގެ ޓްރާންސްފަރއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ދެ ކްލަބުގެ މެދުގައި އަގާ މެދު ދެބަސްވުން އުފެދިފައިވަނީ ގެރެންޓީ ފައިސާގެ އަދަދާ ގުޅޭގޮތުންނެވެ. ސްޕޯރޓިންގ އިން ޑިމާންޑް ކުަރަނީ އެޑްއޮންސް އާއެކު 80 މިލިޔަން ޔޫރޯ ދިނުމަށް ނަމަވެސް އާރސެނަލް އިން ގްޔޯކެރޭސް އަށް ހުށަހަޅާފައިވަނީ 65 މިލިޔަން ޔޫރޯއެވެ. ނަމަވެސް މީގެ ދެދުވަސްކުރިން ޗެލްސީއިން ބޭނުންނުވެގެން ދޫކޮށްލާ ކޫލުންތެރިއެއްގެ ސޮއިހޯދުމަށް އާރސެނަލް އިން ވަނީ 50 މިލިޔަން ޔޫރޯ ހުށަހަޅާފައެވެ. އެހެންކަމުން މިކަމާއި ގުޅިގެން އާރސެނަލްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.