logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމެރިކާގައި ސޮކާގެ ނަން ފުޓްބޯޅައަށް ބަދަލުކުރަނީ!

އަބްދުﷲ ޣާނިމް
14 ޖުލައި 2025 - 08:49
ކުލަބް ވޯލްޑްކަޕްގެ ފައިނަލުގައި ޑޮނަލްޑް ޓްރަމްޕް ޗެލްސީގެ ޓީމާއެކު އުފާފާޅުކުރުމުގައި ބައިވެރިވަނީ
ކުލަބް ވޯލްޑްކަޕްގެ ފައިނަލުގައި ޑޮނަލްޑް ޓްރަމްޕް ޗެލްސީގެ ޓީމާއެކު އުފާފާޅުކުރުމުގައި ބައިވެރިވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި "ސޮކަރ" ގެ ނަމުގައި މަޝްހޫރު ކުޅިވަރު "ފުޓްބޯޅަ" އަށް ބަދަލުކުރުމަށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރެއްވުމަށް ވިސްނާވާކަން ހާމަކޮށްފިއެވެ.

މި ވާހަކަ ޓްރަމްޕް ދައްކަވާފައިވަނީ ނިއު ޖާރސީގައި ބޭއްވުނު ކްލަބް ވޯލްޑް ކަޕްގެ ފައިނަލު ޝަރަފުވެރިކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ނޫސްވެރިއަކު ސޮކާ ގެ ނަން ފުޓްބޯޅައަށް ބަދަލުކުރައްވާނެތޯ ސުވާލުކުރުމުން ޖަވާބުގައި"އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެ،" މިހެން ޓްރަމްޕް ވަނީ ބުނެފައެވެ. ޓްރަމްޕް މިހެން ބުނެފައިވަނީ ޑީއޭޒެޑްއެން އަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ފެށުމަށް މިހާރުވަނީ 11 މަސްދުވަހަށްވެފައެވެ. އެމެރިކާއަކީ ކެނެޑާ، އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާއާއެކު މި ކުޅިވަރަށް "ސޮކަރ" ގެ ނަން ބޭނުންކުރާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

މީގެ އިތުރުން ޓްރަމްޕު ބުނެފައިވަނީ އަދި އޭނާ ދެކޭގޮތުގައިތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ބްރެޒިލްގެ ޕެލޭއެވެ.
ޓްރަމްޕްވަނީ ޖޫންމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް އެމެރިކާގައި ކުރިޔަށްގެންދިޔަ ފީފާ ކުލަބް ވޯލްޑްކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދީ ޗެލްސީގެ ޓީމާއެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށްދުނިޔެ | 7 ދުވަސް ކުރިންފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފިކުޅިވަރު | 9 ދުވަސް ކުރިންބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީކުޅިވަރު | 16 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 22 ދުވަސް ކުރިން