logo
Bank of Maldives

Bank of Maldives

ދުނިޔެ

ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށް

ޢައްފާން މުޙައްމަދު
11 އޮކްޓޯބަރު 2025 - 07:05
ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށް

ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ނޯބެލް ޕީސް ޕްރައިޒް ނުވަތަ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާނެކަމުގެ އުއްމީދުގައި ހުންނަވަނިކޮށް އެ އިނާމު ނުލިބުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިތްހަމަނުޖެހިވަޑައިގެން އިނާމު ދޭ ކޮމިޓީއަށް ފާޑުވިދާޅުވެއްެޖެއެވެ.

މިފަހުން ދުނިޔެ ދުއް އެންމެ އަނިޔާވެރި ލާއިންސާނީ ހަނގުރާމައަކީ 2023 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. އެ ހަނގުރާމައަށް ހިތްވަރާއި ފައިސާއާއި ހަތިޔާދޭ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕް ދެވަނަ ދައުުރު ކާމިޔާބު ކުރިއިރު ވެސް ހަގީގަތް އޮތީ މިހެންނެވެ. ނަމަވެސް އޭނާ ވެރިކަމަށް އައުމާއެކު އިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް ގޮސް، ޣައްޒާ ސުންނާފަތިކޮށް، ނަސްލު އެއްކޮށް ނައްތާލުމުގެ އޮޕަރޭޝަންތައް އައީ ހިންގަމުންނެވެ. ހަތިޔާރެއް ބާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ޓޭންކަރުތަކާއި ބޮންތަކާއި މިސައިލްތައް އޮއްސަމުން ގޮސްފައިވާއިރު، ދެ އަހަރުވީއިރުވެސް އެ ހަނގުރާމައިން އިސްރާއީލް މޮޅެއްނުވިއެވެ. އެހެންވެ މިހާރު ވަނީ ހަނގުރާމަ ހުއްޓާލަން ނިންމާފައެވެ.

ޓްރަމްޕް ވަކާލާތުކުރައްވަމުން ގެންދަވަނީ އެ ހަނގުރާމަ ހުއްޓުވީ އޭނާ ކަމަށެވެ. އެހެންކަމުން މި ފަހަރުގެ ނޯބެލް ޕީސް ޕްރައިޒް ލިބެން ޖެހޭނީ އޭނާއަށްކަމަށް ޓްރަމްޕާއި އޭނާގެ ވާގިވެރިން ދިޔައީ ބުނަމުންނެވެ.

ނަމަވެސް އެ އިނާމު ލިބިފައި ވަނީ އެމެރިކާއިން ބާރުވެރި ކުރުވާ އަދި ޔަހޫދީންގެ ހައްދުފަހަނައެޅި އަނިޔާވެރި ފިކުރަށް ތާއީދުކުރާ ވެނެޒުއެލާގެ މާރިޔާ ކޮރީނާ މަޗާއޯއަށެވެ. އޭނާއަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީގެ ލީޑަރެެވެ.

މަޗާއޯއަށް ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައި ވަނީ ވެނެޒުއެލާއިން ހުދުމުހުތާރުކަން ފޮހެލުމަށް އޭނާ ކުރައްވަމުންދާ މަސައްކަތަށެވެ. މަޗާއޯއަށް އެ އިނާމު ދިނުމަށް ކަމާބެހޭ ކޮމިޓީއިން ނިންމާފައި ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނެތިކޮށްލުމަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިންނެވެ.

މި އަހަރުގެ އިނާމު ދެނީ 2024ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ.

ޓްރަމްޕްއާއި އޭނާގެ ވާގިވެރިން ވަނީ ޓްރަމްޕްއަށް އެ އިނާމު ނުލިބޭނެކަން އިނގުމުން ރަސްމީ ބަޔާންތައް ނެރި އެ އިނާމު ދޭ ކޮމިޓީއަށް ފާޑުކިޔައިފައެވެ. އެ ކޮމިޓީއިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެނީ ކަމަށް އެ ބަޔާންތަކުގައި ތުހުމަތުކޮށްފައިވެއެވެ.

މި އިނާމު ބޭނުންވާ ކަމާއި އިނާމު ލިބޭނެކަމަށް އުއްމީދުކުރެވޭކަމަށް ޓްރަމްޕް އެތައް ފަހަރެއް މަތިން ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށްދުނިޔެ | 2 ދުވަސް ކުރިންޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި ދުނިޔެ | މަހެއް ކުރިންޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް ދުނިޔެ | 2 މަސް ކުރިންކުންފުނިތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުން ބަދަލު ކުރަން ޓްރަމްޕްއަށް މަޖުބޫރު ދުނިޔެ | 2 މަސް ކުރިން