logoEN
ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމު ދ. އަތޮޅުގައި ފަށައިފި

އާމިނަތު ސަފާއާމިނަތު ސަފާ

14 ޖުލައި 2025 - 09:57

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމް ދ. އަތޮޅުގައި ފަށައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމް ދ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް މީގެ ކުރިންވަނީ ކުޑަހުވަދޫ ކައުންސިލާ މަޝްވަރާކޮށްފައެވެ. މި މިބައްދަލުވުމުގައި، ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ޢާއިލާތަކަށް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ފެށުމެވެ.

ޕްރޮގްރާމުގެ ތެރެއިން ވުޒާރާއާއި ދ. އަތޮޅު ކައުންސިލުންދަނީ ދ. އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަށް ފާހަގަކޮށް އެފަރާތަކުގެ ހާލު ބެލުމަށް ޒިޔާރަތްކުރަމުންނެވެ. އަދި މި ޕްރޮގަރާމުގެ ތެރެއިން މުޅި އައްޑޫގެ ހުރިހާ ގޭބީސީތަކަށް ޒިޔާރަތްކުރާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

‏އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް

871x217_placeholder