logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެނަކަ މެދުވެރިކޮށް ވަޒީފާ ހަމަޖައްސައިދެނީ

އަޙްމަދު ޒަލީފް
28 އޯގަސްޓު 2025 - 10:13
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެނަކަ މެދުވެރިކޮށް ވަޒީފާ ހަމަޖައްސައިދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމާ ގުޅޭގޮތުން، އިޖްތިމާއި އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ އެލަވަންސެއް ދެމުންނެވެ. އަދި 2023 ވަނައަހަރު ވަނީ މިއެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 2 މަސް ކުރިންއުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް އަޅަނީޚަބަރު | 2 މަސް ކުރިން