logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސް

އިސްމާޢިލް ރާތިޢު
21 މާރިޗު 2026 - 07:37
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސް

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ޕޯސްޓުގައި ވަނީ، މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށް އަޅާލުންކަމަށް ވިދާޅުވެ، ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަން ހަނދައިންކޮށްދެއްވާފައެވެ.

މިއަހަރުގެ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމަށް ވިދާޅުވެ، މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރައީސްގެ ޕޯސްޓުގައި ދެއްވާފައި ވެއެވެ.

ޑައުން ސިންޑްރޯމް އަކީ، އިންސާނާގެ ހަށިގަނޑު އުފެދިގެން އަންނައިރު ޖެނެޓިކްސް ނުވަތަ ދަރިފަސްކޮޅުގެ މައުލޫމާތު ރައްކާކުރާ މާއްދާއަށް އަންނަ ބަދަލަކުން ދިމާވާ ކަމެކެވެ. އާންމުކޮށް އިންސާނެއްގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި 46 ކްރޮމޯޒޯމް (23 ޖޯޑު) ހުރެއެވެ. ނަމަވެސް ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި އިތުރު ކްރޮމޯޒޯމެއް ހުރެއެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ 21 ވަނަ ކްރޮމޯޒޯމް އިންނެވެ. އާންމު މީހެއްގެ ހަށިގަނޑުގައި މި ޖޯޑުގައި ހުންނާނީ 2 ކްރޮމޯޒޯމެވެ. އެކަމަކު ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ މި ޖޯޑުގައި 3 ކްރޮމޯޒޯމް ހުރެއެވެ. އެއްގޮތަކަށްވެސް މިއީ މައިންބަފައިން ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ދިމާވާ ކަމެއް ނޫންކަމަށް ސައިންސްވެރިން ބުނެއެވެ.

down-syndrome-1.jpg



ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. އދ. އިން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރުމަށް އިޚްތިޔާރުކޮށްފައިވަނީ، ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެޚަބަރު | 3 ގަޑިއިރު ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ޚަބަރު | 21 ގަޑިއިރު ކުރިން