logo
ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިއަހަރު މިހާޓަނަށް 85 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޝަހްޒާ މުހައްމަދު
14 ޖުލައި 2025 - 10:50
 ހިލޭ ޑިގްރީ ޕްރޮގްރާމަށް މިއަހަރު މިހާޓަނަށް 85 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ހަޔާ އެޑިއުކެޝަން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް 1،100 ދަރިވަރަކު ވަނީ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި އަލަށް ރަޖިސްޓްރީވެފައެވެ. މި ދަރިވަރުންނަށް ސަރުކާރުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މިހާރު ކިޔަވަމުންދަނީ ޖުމްލަ 8،086 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 5،047 އަންހެން ދަރިވަރުންނާއި 3،039 ފިރިހެން ދަރިވަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިލޭ ޑިގްރީ ޕްރޮގްރާމަކީ މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އާލާކޮށް، މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާޞިލުކުރުމަށް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިއަހަރުގެ މިހާތަނަށް މި ޕްރޮގްރާމަށް ސަރުކާރުން ވަނީ 85،478،150.89 ރުފިޔާ ޚަރަދުކޮށްފައެވެ. އަދި މި ސަރުކާރު އައި ފަހުން މިހާތަނަށް ޖުމްލަ 235 މިލިއަން ރުފިޔާ މި ޕްރޮގްރާމަށް ހޭދަކޮށްފައިވެއެވެ. ވޭތުވެދިޔަ 19 މަސްދުވަހުގެ ތެރޭގައި 3،888 ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި އަލަށް ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 2،068 ދަރިވަރަކު މިއަހަރު ވަނީ ދަސްވެނިވެފައެވެ. އަދި މި ސަރުކާރުގެ ދައުރުގައި މިހާތަނަށް ޖުމްލަ 5،412 ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ދަށުން ގްރެޖުއޭޓްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | 25 ދުވަސް ކުރިންޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ އަމާޒެއް: ވަޒީރު ހައިދަރުޚަބަރު | މަހެއް ކުރިންބޭރުގައި ކިޔަވާ ދަރިވަރުންގެ ފީ އާއި ޚަރަދުތަކަށް ޑޮލަރުގެ އެހީތެރިކަން ދެނީޚަބަރު | މަހެއް ކުރިންސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން