logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރިސާޗް ފަންޑުން ދޫކުރާ ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
17 ނޮވެމްބަރު 2025 - 11:58
ރިސާޗް ފަންޑުން ދޫކުރާ ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފި

ނެޝަނަލް ރިސަރޗް ފަންޑް (އެންއާރުއެފް)ގެ ދަށުން 'އިމަރޖިން ރިސަރޗް ގްރާންޓްސް' (އެންއާރްއެފްއީއާރުޖީ) އަށް ރިސަރޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު، ރިސަރޗް ގްރާންޓް މެނޭޖަރސް މެދުވެރިކޮށް ހުޅުވާލައިފިއެވެ.

މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ. މި ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެޝަނަލް ރިސަރޗް ފަންޑްގެ ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖްއެވެ. މި ތިން އިންސްޓިޓިއުޝަންއިން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި މި ގްރާންޓްތަކުގެ ދަށުން ފަންޑުކުރެވޭނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ ދާއިރާތަކެއްގެ ދިރާސާތަކަށެވެ.

އެ ދާއިރާތަކަކީ،ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން ގެ އިތުރުން ގްރީން އެޖެންޑާ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އިން ޕްރޮޕޯޝަލް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖެނުއަރީ 2026 އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ އިން ދފައިވާ ސުންގަޑިއަކީ 7 ޑިސެންބަރު 2025އެވެ. މީގެ އިތުރުން ވިލާ ކޮލެޖް އިން30 ޑިސެންބަރު 2025 ގެ ނިޔަލަށް ން ޕްރޮޕޯޝަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެޑްލައިނެއް ނުބާއްވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލަނީޚަބަރު | މަހެއް ކުރިންދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | 3 މަސް ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 3 މަސް ކުރިން