logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޤީރުންނަށް އިންޝިއުރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

އަޙްމަދު ޒަލީފް
14 ޖުލައި 2025 - 11:14
ފަޤީރުންނަށް އިންޝިއުރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

އާސަންދަ ކަވަރުނުކުރާ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އިންޝުއަރެންސް ތަޢާރަފުކުރަނީ އާސަންދަ ކަވަރުނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން ބަލަހައްޓަމުންދާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިސްލާމިކް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އިޢުލާނުގައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި 2852 ފަޤީރުން އެބަތިއްބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | 3 ގަޑިއިރު ކުރިންއޮންލައިންކޮށް ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފިޚަބަރު | 3 މަސް ކުރިންމޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފިޚަބަރު | 4 މަސް ކުރިންމޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިޚަބަރު | 5 މަސް ކުރިން