logo
ޚަބަރު

ކެންސަރު ހޮސްޕިޓަލްގެ އިދާރީ ހުރިހާ މަސައްކަތެއްވަނީ ނިމިފައި: ވަޒީރު ނާޒިމް

ޝަހްޒާ މުހައްމަދު
14 ޖުލައި 2025 - 16:58
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް -- ފޮޓޯ: ރައީސް އޮފީސް
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ރާވައިފައިވާ މަޝްރޫޢުގެ އެންމެހައި ޓެކްނިކަލް މަސައްކަތްތައް ނިމި، މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ އޮތް "އަހާ ފޯރަމު"ގައި ވަޒީރު ނާޒިމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ޞިއްޙީ ހާލަތުގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ ކެންސަރު ބައްޔެވެ. އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަންޖެހޭ ފަރާތްތައް ގިނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ބޭރުގެ ޤައުމުތަކާއެކު މަޝްވަރާތައްކޮށް، މި ހޮސްޕިޓަލުގެ ކޮންސެޕްޓް އެކުލަވާލައި، ޓެކްނިކަލް ފީސިބިލިޓީ ދިރާސާތައް ވަނީ ނިމިފައެވެ. ދެންއޮތީ ހޮސްޕިޓަލުގެ އަމަލީ މަސދައްކަތް ފެށުންކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކެންސަރު ބައްޔަކީ ގިނަ ފަހަރަށް ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބައްޔެއް ކަމަށާއި، ބައެއް ހާލަތްތަކުގައި ޖެނެޓިކް ސަބަބުތަކާ ގުޅިގެން ޖެހޭ ބައްޔެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ހޮސްޕިޓަލެއް އެޅުމަކުން ކެންސަރު ބަލީގެ ހާލަތު މުޅިން ރަނގަޅުވާނެ ކަމަށް ބަލައިގެން ނުވާނެކަމަށާއި، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ ކުރީގެ ސަރުކާރުތަކުން ވެސް ވިސްނާފައިވާ ކަމަކަށް ވީ ނަމަވެސް ނުކުރެވި އޮތް ކަމެއްކަމަށާއި މިހާރުގެ ސަރުކާރުގެ ޞިއްޙީ ދާއިރާގެ މުހިންމު އެއް ސިޔާސަތުގެ ގޮތުގައި މިކަން ހިމެނޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް ނުވަތަ ޚާއްސަ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރަން ނިންމީ، އެ ޚިދުމަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް މިހާރުވެސް ރައްޔިތުންނާ ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާތީއެވެ. އެ ހޮސްޕިޓަލަށް ޚާއްސަ އިމާރާތް އަޅާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ބިމުގައި ކަމަށާއި، މިއީ 25 ބުރީގެ އިމާރާތެއްކަމަށް ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ ކުރިން ސަރުކާރުގެ އަމާޒަކީ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ނިންމާ މި ދައުރުތެރޭގައި ޚިދުމަތަށް ގެނައުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމްޚަބަރު | 22 ދުވަސް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | 2 މަސް ކުރިންކެންސަރު ހޮސްޕިޓަލްގެ އިދާރީ ހުރިހާ މަސައްކަތެއްވަނީ ނިމިފައި: ވަޒީރު ނާޒިމް ޚަބަރު | 2 މަސް ކުރިން''ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު އެންމެނަށް ހަމަހަމަ ޚިދުމަތެއް ކަށަވަރުވާނެ''ޚަބަރު | 2 މަސް ކުރިން