logo
Bank of Maldives

Bank of Maldives

ޚަބަރު

ކަސްޓަމްސްގެ ފުރަތަމަ އޭއީއޯ ސެޓްފިކެޓް އިންނަހުރާ މޯލްޑިވްސް އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖުލައި 2025 - 17:34
 ކަސްޓަމްސްގެ ފުރަތަމަ އޭއީއޯ ސެޓްފިކެޓް އިންނަހުރާ މޯލްޑިވްސް އަށް

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ތައާރަފުކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ (އޭއީއޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ހާސިލުކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ވެއްޖެއެވެ.

މި ޕްރޮގްރާމަކީ ކަސްޓަމްސްގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ފަށާފައިވާ ގައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންނަހުރާ ރިސޯޓަށް ލިބުނު ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝިޔާޒެވެ. އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރު ހުސެއިން ހަމީދެވެ.

"ދިވެހިރާއްޖޭގެ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ" ޕްރޮގްރާމަކީ، ބައިނަލްއަގުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ހާއްސަ ފައިދާތަކާއި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ހިދުމަތްތައް ހޯދައި ލިބިގަތުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ.

މިކަމަށް ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ، އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރު ޕްރޮގްރާމަކީ ދުނިޔޭގެ 89 ގައުމެއްގައި މިހާރު ތަންފީޒުކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. ކަސްޓަމްސްގައި ގާއިމުކުރި މި ޕްރޮގްރާމްގެ ތިން ޓިއާއަކަށް ބެހިފައިވާ ކަމަށާއި އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ޓިއާ ކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ.

ކޮންމެ ޓިއާއެއްގައިވެސް ލިބޭނެ ފައިދާތަކާއި ފަސޭހަތައް ތަފާތުވާނެ ކަމަށާއި އަދި ޕްރޮގްރާމަށް އެންރޯލްވާ ކުންފުނިތަކުގެ ކޮމްޕްލަޔަންސް ލެވެލް އާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތަށް ބަލައި މަތީ ޓިއާތަކަށް ޕްރޮމޯޓްވާނެކަމަށްވެސް ކޮމިޝަނާ ޖެނެރަލް ވިދާޅުވިއެވެ.

ސެޓްފިކެޓް ހާސިލުކުރާ ކުންފުނިތަކަށް ލިބޭނެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި އެ ފަރާތުން ހުށަހަޅާ ޑިކްލަރޭޝަން ފޯމުތައް އޮޓޯ އެސެސްވުމާއި، މުދާ ބަލައިފާސްކޮށް ދޫކުރުމުގައި އަވަސް އިންތިޒާމުތަކެއް ހަމަޖެހުމާއި، މުދަލުގެ އޮރިޖިން އާއި އެޑްވާންސް ރޫލިން ފަދަ ލިޔުންތައް ފޯރުކޮށްދިނުމުގައި ހާއްސަ އިންތިޒާމުތައް ހަމަޖެހިގެން ދިއުން ފަދަ ކަންކަން ހިމެނޭނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ހާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހެއެވެ. މި ޕްރޮގްރާމަކީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެއް ނޫނެވެ. މެދުކެނޑުމެއް ނެތި މަދުވެގެން ފަސް އަހަރުދުވަހު މުދާ އިމްޕޯޓް ކޮށްފައިވާނަމަ ނުވަތަ އެކްސްޕޯޓް ކޮށްފައިވާނަމަ، އެ ފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏެއް ކަމުގައިވީނަމަވެސް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ގެންނަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގެ މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެޚަބަރު | 14 ދުވަސް ކުރިންކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފިޚަބަރު | 2 މަސް ކުރިން ކަސްޓަމްސްގެ ފުރަތަމަ އޭއީއޯ ސެޓްފިކެޓް އިންނަހުރާ މޯލްޑިވްސް އަށްޚަބަރު | 2 މަސް ކުރިން18 ކިލޯގެ ޑްރަގާއި ހަވާލުވުމަށް ދިޔައީ ބިދޭސީ އެއް، ހައްޔަރުކޮށްފިޚަބަރު | 3 މަސް ކުރިން