logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ގެންނަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގެ މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ

އާމިނަތު ޝަފާ
3 ސެޕްޓެމްބަރު 2025 - 13:26
ރާއްޖެއަށް ގެންނަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގެ މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ

ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގގެ މަޢުލޫމާތު "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅޭނެ ކަމުގައި އެ ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ ގެންނަ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ. އަދި މި ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ކަމަށްވެސް އެ ސަރވިސް އިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންވާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އަދި މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 21 ދުވަސް ކުރިން15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި، މިއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓްޚަބަރު | 22 ދުވަސް ކުރިންރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިޚަބަރު | 24 ދުވަސް ކުރިންޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް އަތުލައިގެންފިޚަބަރު | 25 ދުވަސް ކުރިން