logo
Bank of Maldives

Bank of Maldives

ޚަބަރު

ކަސްޓަމްސްގެ މުވައްޒަފުން ކޮރަޕްޝަނުގެ އަމަލު ހިންގާކަމުގެ ތުހުމަތު

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އޮފީސް--ފޮޓޯ:މެންދުރު
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އޮފީސް--ފޮޓޯ:މެންދުރު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލައިގެ ތަޙުޤީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު މި ތަޙުޤީގު ފެށިފައިވާއިރު، މި މައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ކަސްޓަމްސްގެ ގާތްގަނޑަކަށް 20 އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. އަދި ރިޝްވަތުގެ ގޮތުގައި 400 މިލިއަން ރުފިޔާވެސް ނަގާފައިވާކަމުގެ ޚަބަރުތައްވެސް ދަނީ ފެންމަތިވަމުންނެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އޮފީހުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވަނީ އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ކަމަށެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި، މިއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓްޚަބަރު | 6 ދުވަސް ކުރިންރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިޚަބަރު | 7 ދުވަސް ކުރިންޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް އަތުލައިގެންފިޚަބަރު | 8 ދުވަސް ކުރިން