logo
Bank of Maldives

Bank of Maldives

ޚަބަރު

ރިޝްވަތުގެ މައްސަލާގައި ތުހުމަތު ކުރާ އެއްވެސް މުވައްޒަފެއް ރިޓަޔާ ނުކުރޭ: ކަސްޓަމްސް

ހުސައިން ވަސީމް
7 ޖެނުއަރީ 2025 - 13:23
ރިޝްވަތުގެ މައްސަލާގައި ތުހުމަތު ކުރާ އެއްވެސް މުވައްޒަފެއް ރިޓަޔާ ނުކުރޭ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް މުވައްޒަފެއް ރިޓަޔާ ނުކުރާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން ވަނީ އެމައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަލާގައި ތުހުމަތުކުރާ ބައެއް މުވައްޒަފުން ރިޓަޔާ ކުރާ ކަމަށް ތުހުމަތުކޮށް ސޯޝަލް މިޑިއާގައި އެ މީހުންގެ ފޮޓޯއާއެކު އަންނަނީ ދައުރުކުރަނުންނެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން ، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ. މިމައްސަލާގައި ތުހުމަތުކުރާ މުވައްޒަފުން ރިޓަޔާ ކުރަން ފުރުސަތުދެމުން އަންނަ ކަމަށް ބުނެ ދައްކާ ވާޙަކަތައް ކަސްޓަމްސް އިން ވަނީ ދޮގުކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ އެއްވެސް އޮފިސަރެއް ރިޓަޔަރކޮށްފައި ނުވާ ކަމަށެވެ.

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށަފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ކަސްޓަމްސްގެ ގާތްގަނޑަކަށް 20 އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. އަދި ރިޝްވަތުގެ ގޮތުގައި 400 މިލިއަން ރުފިޔާވެސް ނަގާފައިވާކަމުގެ ޚަބަރުތައްވެސް ދަނީ ފެންމަތިވަމުންނެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އޮފީހުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވަނީ އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ އެކްސްޕޯޓަށް 20 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 23 ދުވަސް ކުރިންކަނޑުމަގުން އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު އަތުލައިގަނެފިޚަބަރު | މަހެއް ކުރިން1.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | މަހެއް ކުރިން