logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި

ސުދާ ލަތީފް
28 ޑިސެމްބަރު 2024 - 11:35
މިނިސްޓަރ އޮފް ހޯމްްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ-އަލީ އިހްސާން
މިނިސްޓަރ އޮފް ހޯމްްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ-އަލީ އިހްސާން

ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމައެކަނި "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް މިނިސްޓަރ އޮފް ހޯމްްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ, އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސް ގައި މިއަދު ކުރެއވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަމާންތަކެއް ވަންދެން "ބޮންޑެޑް ވެއާހައުސް" ތައް މާލޭގެ އެކި ގެތަކުގައާއި އެޕާރޓްމެންޓް ތަކުގައި ހިންގަމުން އައިކަމަށާއި އަދި އެ ތަންތަނުގައި 2 ތަޅު ހަރުކޮށް އެ ތަޅުގެ ތަޅުދަނޑިތައް ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ.

އަދި ރިޕޯޓް ކުރެވިފައިވާ "ބޮންޑެޑް ވެއާހައުސް" އަކީ ވެސް މި ގޮތަށް ގެ އެއްގައި ހަދާފައި ހުރި ތަނެއް ކަމަށެވެ. ނަމަވެސް ވެރި ފަރާތުން ވެއާހައުސް ހިންގި ތަން ދޫކޮށް އެތަނުގެ އެހެން މަސައްކަތެއް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ކަސްޓަމްސް އަށް ލިބުމުން އެކަން ޔަގީންކޮށް އެ ފަރާތަށް ވަނީ ވެއާހައުސް ގައި ހުރި ކަމަށް ކަސްޓަމްސް ގެ ރެކޯޑް ތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައެވެ. އަދި މި ކަން ހިންގި ގޮތް ބަލާ ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން މި ކަން ތަހުގީގު ކުރަމުން ދާ ކަމުގައި ވެސްް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ގޮތަށް ގެ ތަކުގައި ބޮންޑެޑް ވެއާހައުސްތައް ހިންގުމަކީ ސަލަމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އަދުގެ ސަރުކާރުން ވަނީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމަ އެކަނި "ކަސްޓަމްސް ގެ ފުލް ކޮނަޓްރޯލް" އޮންނަ ސަރަހައްދުތަކުގަ އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު ތަންފީޒު ކުރަން ފަަށާފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލައަށް ގެންނަ މުދާ ކްލިއަރ ކުރާ ނިޒާމެއް ތައާރަފުކޮށްފިޚަބަރު | 25 ދުވަސް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިންރައީސްގެ ނިންމެވުމާއި އެއްގޮތަށް މުދަލާގުޅޭގޮތުން ކަސްޓަމުންދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިޚަބަރު | 2 މަސް ކުރިންމަނާކުރިފަހުން 73،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނު އަތުލައިގެންފިޚަބަރު | 2 މަސް ކުރިން