ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫގައި ހުޅުވައިފި


10 ޑިސެމްބަރު 2024 - 14:00
ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫސިޓީ މަރަދޫގައި ހުޅުވައިފިއެވެ.
މި އޮފީސް ހުޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވަނީ ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ޤަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ހެދުމަށް ގޮވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ އައްޑޫއަކީ މަދު ވިޔަފާރިވެރިން ތިބި ނަމަވެސް ގިނަ މުދާ އެތެރެކުވޭ ތަނެއްކަމަށެވެ. އެހެންކަމުން ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކަސްޓަމްސްއިން ދޭ ބައެއް ޚިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.
ކަސްޓަމްސް އައު އޮފީސް އިމާރާތުގައި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައިގެ އިތުރުން، ކްލާސްރޫމްތަކާއި ކޮންފަރެންސް ހޯލަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވަނީ ޤާއިމްކޮށްފައެވެ. މިވަގުތު ކަސްޓަމްސްގެ ޚިދުމަތް އައްޑޫގައި ދެމުންދަނީ ގަމުގެ ވައިގެ ބަނދަރާއި ހިތަދޫ ޕޯޓްލިމިޓެޑުގައި ގާއިމްކޮށްފައިވާ އޮފީހުގައެވެ.
އިތުރު ލިޔުންތައް

ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި
4 މަސް ކުރިން
ކަސްޓަމްސްގެ މުވައްޒަފުން ކޮރަޕްޝަނުގެ އަމަލު ހިންގާކަމުގެ ތުހުމަތު
3 މަސް ކުރިން
ރިޝްވަތުގެ މައްސަލާގައި ތުހުމަތު ކުރާ އެއްވެސް މުވައްޒަފެއް ރިޓަޔާ ނުކުރޭ: ކަސްޓަމްސް
3 މަސް ކުރިން