ޗައިނާ-ރާއްޖެ ވިޔަފާރީގެ އެއްބަސްވުންމުގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފި
21 ޖެނުއަރީ 2025 - 05:38
ޗައިނާއާ އެކު ދިވެހިރާއްޖެއިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާ ކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި މަހިގެ ފުރަތަމަ 18 ދުވަހު ކްލިއާ ކުރެވުނު މުދަލުގެ ތަފާސްހިސާބު އިއްޔެ އާންމުކޮށްފައެވެ.
މިގޮތުން މި މަހުގެ 18 ގެ ނިޔަލަށް މި އެއްބަސްވުމުގެ ދަށުން ވައިގެ މަގުން ޖުމްލަ ނުވަ ޝިޕްމެންޓެއްވަނީ ރާއްޖެ ގެނެސް، ކްލިއާކޮށްފައެވެ. އޭގެ ކޮސްޓް، އިންޝޫރެންސް، ފްރައިޓް (ސީއައިއެފް) އަގު 882،381 ރުފިޔާއަށް އަރައެވެ.
ކަނޑުގެ މަގުން ތިން ޝިޕްމެންޓެއް ކްލިއާކޮށްފައިވާއިރު، އޭގެ ސީއައިއެފް އަގު 1،040،875 ރުފިޔާއަށް އަރައެވެ.
ޗައިނާއާ އެކު ދިވެހިރާއްޖެއިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ.
މި އެއްބަސް ވުމަށް ޢަމަލުކުރަން ފެށީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.