logo
E-Platinum
ކުޅިވަރު

ދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީބޯޅަމުބާރާތުގެ ތަށި މިލްކުކޮށްފި

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ދިވެހޮ ސިފައިންގެ ކުލަބުން ޤައުމީ ވޮލީ މުބާރާތުގެ ތަށި އުފުލާލަނީ
ދިވެހޮ ސިފައިންގެ ކުލަބުން ޤައުމީ ވޮލީ މުބާރާތުގެ ތަށި އުފުލާލަނީ

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ޖެހިޖެހިގެން ތިން އަހަރު ހޯދާ، މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

 

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދާފައި ވަނީ، ފައިނަލުގައި ވާދަވެރި އެޗްޑީސީއާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީއަށް ކުޅޭ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ، އެ ކުލަބުގެ ޖާޒީ ނަންބަރު 9، ޗިރާގްއެވެ.

 

ޑީއެސްސީގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ މޯސްޓް ވެލިޔުބަލް ޕްލެޔަރގެ އެވޯޑް ޑީއެސްސީގެ ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާޙިދު އަދި ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާން ވަނީ ހޯދާފައެވެ. އަދި، މޯސްޓް ވެލިޔުބަލް ފޮރެން ޕްލެޔަރގެ އެވޯޑް ޑީއެސްސީގެ ޖާޒީ ނަންބަރު 9، ޗިރާގް އަދި ޑީއެސްސީގެ ޖާޒީ ނަންބަރު 4، ލުއިޒް ފެލީޕޭ ފެރޭރާ ޕެރޮޓޯ ވަނީ ހޯދާފައެވެ. މުބާރާތުގެ މޯސްޓް ވެލިޔުބަލް ކޯޗުގެ އެވޯޑް ހޯދީ ޑީއެސްސީގެ ހެޑްކޯޗް، ސާޖަންޓް ފަސްޓް ކްލާސް ޖުނައިދު ޢަބްދުﷲއެވެ.

 

މި އަހަރު ސީޒަނުގައި ކުޅެވުނު "މައިލޯ ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަޕް 2025"، "ޤައުމީ ވޯލީބޯޅަ ލީގު 2025" އަދި، "ޤައުމީ ވޮލީބޯޅަ މުބާރާތް 2025"ގެ ޗެމްޕިއަނުންނަކީ ވެސް ދިވެހި ސިފައިންގެ ކުލަބެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީބޯޅަމުބާރާތުގެ ތަށި މިލްކުކޮށްފިކުޅިވަރު | 20 ގަޑިއިރު ކުރިންވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 3 މަސް ކުރިންވީއޭއެމް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެއްޖެކުޅިވަރު | 3 މަސް ކުރިންއަސްދިގަ ބަލިކޮށް ސިޓީ ފްރެންޑްސް ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 3 މަސް ކުރިން