logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވީއޭއެމް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެއްޖެ

އަބްދުﷲ ޣާނިމް
14 އޭޕްރީލު 2025 - 05:25
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ވީއޭއެމް ކަޕްގައި ރޭގައި ގުޑް ގޭމްސް ސްޕޯޓްސް އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް 3-1 ސެޓުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ހުރިހާ ޖާގައެއް ވަނީ ކަށަވަރުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރި ގޮތެއްގައި ކުރިއަށްދިޔަ އިރު، އެ ސެޓު 26-24 އިން ކާމިޔާބުކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓުގައި ޔޫތު ނިއު ޖެނެރޭޝަންގެ ކުޅުން ދަށްވެ، ގުޑް ގޭމްސް އިން އެ ދެ ސެޓު 25-19 އަދި 25-10 އިން ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަތަރުވަނަ ސެޓުގައި ޔޫތު ނިއު ޖެނެރޭޝަނުން ގިނަ ވަގުތު ލީޑު ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ސެޓުގެ ފަހުކޮޅު ގުޑް ގޭމްސް އިން ވިދިވިދިގެން ޕޮއިންޓްތަކެއް ނަގައި، 25-20 އިން އެ ސެޓު ކާމިޔާބުކޮށް މެޗު ނިންމާލިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ހަތަރު ޓީމު މިހާރު ވަނީ ކަނޑައެޅިފައެވެ. އެގޮތުން ކްލަބް ވެމްކޯ، ޕޮލިސް ކްލަބް، ހުރާ ކޮމިއުނިޓީ ކްލަބް އަދި ފްލެކްސާ ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
މިމުބާރާތުގައި މިއަދު ހަވީރު ހުރާ އާއި ޕޮލިސް ކުލަބު ވާދަކުރާއިރު، މިރޭގައި ވެމްކޯ އާއި ސިޓީ ފްރެންޑްސް ކުލަބު ވާދަކުރާނެއެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 6 ދުވަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | މަހެއް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | މަހެއް ކުރިންއިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށްކުޅިވަރު | މަހެއް ކުރިން