logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފި

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2025 - 04:09
ފޮޓޯ: ކާވާ
ފޮޓޯ: ކާވާ

މާލޭގައި ރޭގައި ފެށުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ. ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗުގައި ރާއްޖޭން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފަ އެވެ. ރާއްޖޭން ސެޓުތައް ގެންދިޔައީ 25-18، 25-12 އަދި 25-16 އިންނެވެ.

ފުރަތަމަ ސެޓުގައި ބަންގްލަދޭޝްއިން ރާއްޖެ ކައިރީގައި ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް، ދެ ވަނަ ސެޓުގައި އެ ޓީމުން ކުރީކޮޅު ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ރާއްޖޭގެ ކޮންޓްރޯލް ގެއްލިގެންދާ ހާލަތެއް ކުރިމަތިވެފައެއް ނުވެ އެވެ. ދެ ވަނަ އަދި ތިން ވަނަ ސެޓު ރާއްޖޭން ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިރްގިސްތާނުން ވަނީ އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން (25-15، 26-24، 25-11) މޮޅުވެފަ އެވެ.

މުބާރާތުގައި ރާއްޖޭން ދެ ވަނަ މެޗު ކުޅޭނީ މިރޭ 20:15 ގައި އަފްގާނިސްތާނާ ދެކޮޅަށެވެ. މިއަދު ހަވީރު ބަންގްލަދޭޝްއާއި ކިރްގިސްތާން ބައްދަލުކުރާނެ އެވެ. ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ މީގެ ކުރިން ތިން މުބާރާތެއްގައި ރިހި މެޑަލް ހޯދާފަ އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތާއި، 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ އިތުރުން، މިދިޔަ އަހަރުގެ ކާވާ ޗެލެންޖް ކަޕެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 2 މަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | 3 މަސް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | 3 މަސް ކުރިން