logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން ބޮޑު ހިތްވަރެއް!

އިސްމާޢިލް ރާތިޢު
5 ޖެނުއަރީ 2026 - 17:56
ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން ބޮޑު ހިތްވަރެއް

ވޮލީބޯޅައިގެ ސަރަހައްދީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދޭނީ އަންހެން ޓީމުން ކަމަށް ވިދާޅުވެ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަޠީފް، ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ބޮޑު ހިތްވަރެއް ދެއްވައިފިއެވެ.

ލަޠީފް މިފަދައިން ވިދާޅުވެފައިވަނީ  މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ، ރާއްޖެ ސުޕަރ ލީގުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހު ފަހުކޮޅު ރާއްޖޭގައި ބޭއްވި ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ދެއްކި މޮޅު ކުޅުމަކީ އަދި ހޯދި ކާމިޔާބީއަކީ، މުޅި ދިވެހި ޤައުމު އެކަމަކަށްޓަކައި ފަޚުރުވެރިވާ ކަމެއް ކަމަށް ވިދާޅުވެ، ޓީމުން ދެއްކި ކުޅުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ފަޚުރުވެރިވެވަޑައިގެންނެވިކަން ފާހަގަކުރެއްވި ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަޠީފް އިތުރަށް ވިދާޅުވީ، ޓީމުން އެ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ދެއްކި ހިތްވަރު ދެއްކުނީ، އެ ކުޅުންތެރިންގެ އަހުލާގު ރަނގަޅުވުމާއި، ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ.

އަތޮޅުތެރޭގައި ވޮލީ ކުރިއެރުވުމަކީ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާ، މި ފެށުނު މުބާރާތަކީ އެމަގުން ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ބިންގަލެއް، އަދި ކާމިޔާބީއެއްކަން ލަޠީފް ފާހަގަކުރެއްވިއެވެ.

މިއީ މުޅިން އަލަށް ފެށި މުބާރާތެއް ނަމަވެސް، އަމާޒަކީ މި މުބާރާތަކީ ދިވެހިރާއްޖޭގެ އެންމެ ފޯރިގަދަ، އެންމެ ވަރުގަދަ މުބާރާތަކަށް ހެދުން ކަމަށާއި މިއީ ކުޅުންތެރިންނަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ މުބާރާތަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ލަޠީފް ވިދާޅުވިއެވެ.

މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން، ދާއިރާގެ ތަޖުރިބާކާރުންނާއި ބައިވެރިވާ ޓީމުތަކާއި ކުޅުންތެރިންނާ ވެސް މަޝްވަރާކުރައްވާނެކަމަށް ލަޠީފް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން ބޮޑު ހިތްވަރެއްކުޅިވަރު | 3 ދުވަސް ކުރިންކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިކުޅިވަރު | 17 ދުވަސް ކުރިންކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 3 މަސް ކުރިން