logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފި

އަބްދުﷲ ޣާނިމް
22 ޑިސެމްބަރު 2025 - 03:57
ކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފި

ވިމެންސް ކާވާ ކަޕް 2025 ގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށް، މުބާރާތުގައި ރާއްޖޭގެ ފެށުން ވަރުގަދަކޮށްފިއެވެ. އަފްގާނިސްތާނާ ބައްދަލުކުރި މި މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ މުޅި މެޗު ޑޮމިނޭޓްކޮށް، ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ވަރަށް ފޯމުގައެވެ. ބޮޑު ލީޑެއް ނަގައިގެން ކުޅުނު މި ސެޓުގައި އައިމިނަތު ޝަހާ ވަނީ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-20 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ޓީމުން ވަނީ އިތުބާރާއެކު ކުޅެ، ލީޑު ފުޅާކޮށްފައެވެ. މި ސެޓުގައި ސެންޓަރަށް ކުޅުނު ނަރީމާ އިދުރީސްގެ މޮޅު ކުޅުން ފާހަގަކުރެވުނުއިރު، ރާއްޖެއިން މި ސެޓު ގެންދިޔައީ 25-13 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމަށް ބައެއް ބަދަލުތައް ގެނައި ނަމަވެސް، ކުޅުމުގެ ފެންވަރަށް ބަދަލެއް ނައިސް ރާއްޖެއިން ވަނީ މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާންގެ މޮޅު ކުޅުމާއެކު މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-12 ގެ ބޮޑު ތަފާތަކުންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ދިވެހިރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާނަކީވެސް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާ ވަރުގަދަ ޓީމެކެވެ. މި މެޗަކީ ލީގު ތާވަލުގެ ކުރި ހޯދުމަށް ދެ ޓީމަށްވެސް މުހިންމު މެޗެކެވެ.

މި މުބާރާތުގެ ގަވާއިދު ބުނާގޮތުން ލީގު ބުރުގެ މެޗުތައް ނިމުމުން ސެމީ ފައިނަލްގައި ބައްދަލުކުރާނީ ލީގު ތާވަލުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނަ އަދި ތިންވަނަ ޓީމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިކުޅިވަރު | 3 ގަޑިއިރު ކުރިންކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 2 މަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | 3 މަސް ކުރިން