logo
E-Platinum
ކުޅިވަރު

އަލް ނަޞްރުގެ ކޯޗުކަމަށް އަލް ހިލާލްގެ ކުރީގެ ކޯޗު ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
އަލް ނަޞްރުގެ ކޯޗުކަމަށް އަލް ހިލާލްގެ ކުރީގެ ކޯޗު ހަމަޖައްސައިފި

ސަޢޫދީ އަރަބިއްޔާގެ އަލް ނަޞްރުގެ ކޯޗުކަމަށް އަލް ހިލާލްގެ ކުރީގެ ކޯޗު ޖޯޖް ޖީސަސް ހަމަޖަައްސައިފިއެވެ. އަލް ނަސްރުގެ ޕްރީ ސީޒަން ފެށެން ދެދުވަހަށްވެފައިވަނިކޮށް އެކުލަބުން ރަސްމީކޮށް ޖޯޖް ޖީސަސް ކުލަބާއި ގުލުނުކަން އިޢުލާން ކުރިއިރު، ކޯޗު ވަނީ ކުލަބާއެކު އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ވޭތުވެދިޔަ ތިން އަހަރުދުވަހު އަލް ނަޞްރު އަށް މޭޖަރ ތަށްޓެއް ކާމިޔާބުކުރެވިފައިނުވާއިރު، މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ކުލަބާއި ގުޅުނު ކޯޗު ޕިއޯލީ ކޯޗުކަމުން މިދިޔަ މަހުގައި ވަނީ ވަކިކޮށްފައެވެ.

ޕޯޗުގަލް އަށް އުފަން އުމުރުން 70 އަހަރުގެ ޖޯޖް ވަނީ މީގެ ކުރިން އަލް ހިލާލް އަށް ކޯޗުކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އެގޮތުން އަލް ހިލާލް ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ އޭނާ ވަނީ 2024-2023 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބަށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި ސަޢޫދީ ލީގު އަލް ހިލާލްއަށް ގެއްލުމާއި ގުޅިގެން ކޯޗުކަމުން ޖޯޖް ވަކިކޮށް، ކުލަބުގެ ކޯޗުގެ ގޮތުގައި ސިމިއޯނީ އިންޒާގީ ވަނީ ހަމަޖައްސާފައެވެ.

އަލް ނަޞްރުގެ ކޯޗުކަމަށް ޖޯޖް ޢައްޔަންކޮށްފައިވާއިރު، މިދިޔަ މަހުގައި އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ ވަނީ އަލް ނަޞްރާއެކު އިތުރު ދެއަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް ނަޞްރުގެ ކޯޗުކަމަށް އަލް ހިލާލްގެ ކުރީގެ ކޯޗު ހަމަޖައްސައިފިކުޅިވަރު | ދުވަހެއް ކުރިންރޮނާލްޑޯގެ ގޯލާއެކު އަލް ނަސްރު އޭސިޔަން ޗެންޕިއަންސް ލީގުގެ ސެމީއަށް ކުޅިވަރު | 3 މަސް ކުރިންރޮނާލްޑޯގެ މޮލުކުޅުމާއެކު އަލް ނަޞްރު ޗެންޕިއަންސް ލީގުގެ ތާވާލުގެ ދެވަނައަށް ކުޅިވަރު | 8 މަސް ކުރިންރޮނާލްޑޯ އަށް ނަޗޯ ކައިރިން ސަލާމަތް ނުވެވުނުކުޅިވަރު | 8 މަސް ކުރިން