logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ ގޯލާއެކު އަލް ނަސްރު އޭސިޔަން ޗެންޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
27 އޭޕްރީލު 2025 - 11:56
ރޮނާލްޑޯ ވަނީ ރޭގެމެޗުގައި ގޯލުޖަހައި މޮޅުކުޅުމެއް ކުޅެފައި. ފޮޓޯ: އަލް ނަޞްރު
ރޮނާލްޑޯ ވަނީ ރޭގެމެޗުގައި ގޯލުޖަހައި މޮޅުކުޅުމެއް ކުޅެފައި. ފޮޓޯ: އަލް ނަޞްރު

އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ކުއާޓާ ފައިނަލުގައި ސައުދީގެ އަލްނަސްރުން ޖަޕާނުގެ ޔޮކޮހާމާ އެފް މެރީނޯސް 4-1 ގެ ނަތީޖާއަކުން ބަލިކޮށް، ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޖިއްދާގެ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖޯން ޑުރާން ޖެހިއެވެ. އޭގެ ހަތަރު މިނެޓު ފަހުން އޮޓާވިއޯގެ ޕާހަކުން މާނޭ ދެވަނަ ލަނޑު ޖަހާފައިވާއިރު، 38 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތިންވަނަ ލަނޑު ޖެހިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަތަރުވަނަ ލަނޑަކީ ޔޮކޮހާމާގެ ޕާކް އައިއެލް-ގްޔޫގެ ދިފާއީ ގޯހަކުން ޖޯން ޑުރާން ޖެހި ލަނޑެކެވެ. ޔޮކޮހާމާގެ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި އެންޑަރސަން ލޮޕޭޒްގެ އެހީއާއެކު ކޯޓާ ވަޓަނަބޭ ޖެހިއެވެ.

އަލްނަސްރު ސެމީ ފައިނަލްގައި ވާދަކުރާނީ ގަތަރުގެ އަލް ސާދާއި ޖަޕާނުގެ ކަވަސާކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމާ އެކުގައެވެ. މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރަނީ އަޙްލީ އާއި އަލް ހިލާލްއެވެ.

މުބާރާތުގެ ފައިނަލް މެޗު އަންނަ މަހުގެ 3 ވަނަ ދުވަހު ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބައްދަލުވުމަށްފަހު ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުއިދިނުމާއެކު ބޮޑު ބަހުސަކަށްކުޅިވަރު | 14 ދުވަސް ކުރިންދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފިކުޅިވަރު | 22 ދުވަސް ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 24 ދުވަސް ކުރިންޤައުމީ ކެރިއަރުގެ ފުރަތަމަ ރަތްކާޑާއެކު ރޮނާލްޑޯއަށް ވޯލްޑްކަޕް ހޫޅުވާ މެޗު ގެއްލިދާނެކަމުގެ ބިރުކުޅިވަރު | މަހެއް ކުރިން