logo
E-Platinum
ޚަބަރު

ޖޭއެސްސީއަށް އިދުރީސް ފައުޒީ އައްޔަންކުރަން ފާސްކޮށްފި

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
ޖޭއެސްސީއަށް އިދުރީސް ފައުޒީ އައްޔަންކުރަން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި މަޤާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބުނު އިދުރީސް އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައިވާއިރު އޭނާ މި ވަގުތު ހުންނެވީ ލ. ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

މި މަޤާމަށް ހުޅުވާލީ ޖޭއެސްސީގައި މިހާރު އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު އައިމިނަތު އުއްމުކުލްސޫމްގެ ދައުރު ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޭއެސްސީއަށް އިދުރީސް ފައުޒީ އައްޔަންކުރަން ފާސްކޮށްފި ޚަބަރު | 17 ގަޑިއިރު ކުރިންހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި ޚަބަރު | 6 ދުވަސް ކުރިންސްޕްރީމް ކޯޓަށް 2 ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި ޚަބަރު | 2 މަސް ކުރިންމިއޮތީ ކަންވީ ގޮތް، ހުސެންގެ މިވާހަކަ ކިޔާލާ! ޚަބަރު | 2 މަސް ކުރިން