logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕްރީމް ކޯޓަށް 2 ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި

އަޙްމަދު ޒަލީފް
17 މޭ 2025 - 14:18
ސްޕްރީމް ކޯޓަށް 2 ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި:

Ad by Hajj Corporation

Ad by Hajj Corporation

  • 30 އަހަރުވެފައިވުން
  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ފަނޑިޔާރު/ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން
  • ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން
  • ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން

ފަނޑިޔާރު ކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާއިރު، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމައި ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން ފަނޑިޔާރުން ވަކިކުރަން މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.

ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭސްސީން މިއަދު ކުރި އިއުލާނުގައި ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިން ސިވިލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފިޚަބަރު | 3 މަސް ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 4 މަސް ކުރިންޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދު މަޤާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 4 މަސް ކުރިން