logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދު މަޤާމުން އިސްތިއުފާ ދެއްވައިފި

މަރިޔަމް މާޙީ
19 މޭ 2026 - 07:00
ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދު މަޤާމުން އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްއުސްތާޛު ޔަޒްމީދު މުޙައްމަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޔަޒްމީދު މުޙައްމަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޖޭއެސްސީއަށް އައްޔަންކުރައްވާފައިވާ މެންބަރެވެ. އޭނާ މި މަޤާމަށް އައްޔަންކުރެއްވީ 23 ފެބުރުއަރީ 2025 ގައެވެ. އެއް އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮމިޝަނަށް ޚިދުމަތް ކުރެއްވުމަށްފަހު، މަޤާމުން ވަކިވެވަޑައިގެންފައިވަނީ 17 މެއި 2026 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖޭއެސްސީން ވަނީ، ކޮމިޝަނުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ގޮތުން އޭނާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް، މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތީން 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި، ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން މިވަގުތު ތިއްބެވީ 9 މެންބަރުންނެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި ޚަބަރު | 3 ގަޑިއިރު ކުރިންސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި ޚަބަރު | 3 ގަޑިއިރު ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 4 ގަޑިއިރު ކުރިންޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިން