logo
E-Platinum
ދުނިޔެ

އެއާރ އިންޑިިޔާގެ ބޯޓުތަކުގެ ފިއުލް ސްވިޗްތަކުގައި އެއްވެސް މައްސަލައެއް ނޫޅޭކަން ކަށަވަރު ކުރަނީ

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
އެއާރ އިންޑިިޔާގެ ބޯޓުތަކުގެ ފިއުލް ސްވިޗްތަކުގައި އެއްވެސް މައްސަލައެއް ނޫޅޭކަން ކަށަވަރު ކުރަނީ

ބޯއިންގް ކުންފުނިން އުފައްދާ ބައެއް މަރުކާތަކުގެ މަތިންދާބޯޓުތަކުގެ ފިއުލް ސުވިޗުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަން ކަށަވަރު ކުރުމަށް ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އިންޑިޔާއިން އެ ޤައުމުތަކުގައި ޚިދުމަތްދޭ އެއަރލައިންތަކަށް އަންގައިފިއެވެ.

މިއީ، އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ދާދިފަހުން ވެއްޓި، އެއިން ދަތުރު ކުރި ގިނަ އަަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.

އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަޙުޤީޤުގެ ވަގުތީ ހޯދުންތައް ހާމަ ކޮށްފައިވާއިރު، އެ މަތިންދާބޯޓުގެ ފިޔުލް ލޮކް ސްވިޗުތައް ނިވިފައިވާ ކަން ވަނީ ހާމަވެފައެވެ. އެ ކަން ހިނގާފައި ވަނީ، ރަންވޭއިން މަތިންދާބޯޓު އުދުއްސައިލި ވަގުތެވެ. އެ ސުވިޗު ނިވައިލީ ކީއްވެތޯ، އެ ވަގުތު މަތިންދާބޯޓުގެ އެއް ޕައިލެޓު، އަނެއް ޕައިލެޓާ ސުވާލު ކުރާ އަޑު، މަތިންދާބޯޓުގެ ކަޅުފޮށިން ހޯދާފައިވާ ރެކޯޑިންގްތަކުން ހާމަވެއެވެ.

ހުސްވި ޖޫން މަހު ހިނގި ހާދިސާގައި އެއަރ އިންޑިޔާގެ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 260 މީހުން މަރުވިއެވެ. ސަލާމަތްވީ އެންމެ މީހެކެވެ. އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާއިރު، އެ މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އިންޖީނުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި ސުވިޗުތަކަށް މައްސަލައެއް ކުރިމަތިވުން ހިމެނޭ ކަމުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި ތަޙުޤީޤަށް އޮތީ ހާމަވެފައެވެ.

ނަމަވެސް، ބޯއިންގް ކުންފުނީގެ އިތުރުން ވައިގެ އުދުހުންތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ން ވަނީ ބޯއިންގް މަރުކާގެ މަތިންދާބޯޓުތަކުގައި ބޭނުންކުރާ ފިޔުލް ސްވިޗުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމުގައި ބުނެފައެވެ.

މި ވަގުތު ތިންވަނަ އަށް އެންމެ ބޮޑު، އަދި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ވައިގެ އުދުހުންތަކުގެ ސިނާއަތަކީ އިންޑިޔާއެވެ. އެ ޤައުމުގައި ވައިގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ހަތަރު ކުންފުނިން ވެސް ބޯއިންގް މަރުކާގެ މަތިންދާބޯޓުތައް ބޭނުން ކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާރ އިންޑިިޔާގެ ބޯޓުތަކުގެ ފިއުލް ސްވިޗްތަކުގައި އެއްވެސް މައްސަލައެއް ނޫޅޭކަން ކަށަވަރު ކުރަނީ ދުނިޔެ | 16 ގަޑިއިރު ކުރިންބޮއިންގ-787 މަރުކާގެ އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބަލަނީ World | މަހެއް ކުރިން