logo
ކުޅިވަރު

ޔަމާލް 10 ނަންބަރާއެކު ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާކަމަށް

އަބްދުﷲ ޣާނިމް
16 ޖުލައި 2025 - 07:38
ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާކަމަށް ޔަމާލް ވެގެންދާނެ
ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާކަމަށް ޔަމާލް ވެގެންދާނެ

ބާސެލޯނާގެ ސްޓާ ކުޅުންތެރިޔާ ލަމީން ޔަމާލް އަށް މީގެ ދެދުވަސްކުރިން 18 އަހަރުވެފައިވާއިރު، ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި އައު ކޮންޓެރްކްޓުގައި ސޮއިކުރާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔަމާލް މިފަހަރު ކޮންޓްރެކްޓް އައުކުރުމުން އޭނާ ވެގެންދާނީ ބާސެލޯނާގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާއަށެވެ. އައު ކޮންޓެރެކްޓާއެކު ޖުމްލަ އަހަރަކު އެޑް-އޮންސް ތަކާއެކު 40 މިލިޔަން ޔޫރޯގެ މުސާރައެއް ދޭނެެއެވެ. ބާސެލޯނާގެ މިހާރު އެންމެ މުސާރަ ބޮޑުކުޅުންތެރިޔަކީ 36 އަހަރުގެ ލެވަންޑޮވްސްކީއެވެ. އޭނާގެ މުސާރައަކީ އަހަރަކު 38 މިލިޔަން ޔޫރޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އައު ކޮންޓެކްޓާއެކު ބާސެލޯނާގެ ލެޖެންޑަރީ 10 ނަންބަރު ޔަމާލް އަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ބެލެވެއެވެ. މީގެ ކުރިން ބާސެލޯނާގެ 10 ނަންބަރު ޖޯޒީ ބޭނުންކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި މެސީ އާއި ރޮނާލްޑީނިއޯ އާއި ރިވާލްޑޯ އާއި ރޮމާރިއޯގެ އިތުރުން ޑިއޭގޯ މަރަޑޯނާވެސް ބާސެލޯނާގައި 10 ނަންބަރު ޖޯޒީ ބޭނުންކޮށްފައިވެއެވެ.

ބާސެލޯނާގެ ޖޯޒީގައި ޔަމާލް މިދިޔަ ސީޒަނުގައި ޖުމްލަ ތިން ތަށްޓެއް ކާމިޔާބުކޮށްފައިވާއިރު، އުމުރުން 18 އަހަރުގައި ޔަމާލް ވަނީ ބާސެލޯނާއަށް 112 މެޗު ކުޅެދީ 25 ގޯލާއި 34 އެސިސްޓްހަދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެރާރީގެ ތެޔޮހުސްނުވަނީސް ޔަމާލްގެ މަންޖެ ބެޗީތަ؟ކުޅިވަރު | 3 ދުވަސް ކުރިންއައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 11 ދުވަސް ކުރިންޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | 20 ދުވަސް ކުރިންމި އަހަރުގެ ބެލަންޑީ އޯ ލިބެންޖެހޭނީ ބާސާގެ ކުޅުންތެރިއަކަށް - ބާސާގެ ރައީސްކުޅިވަރު | މަހެއް ކުރިން