logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސަޕޯޓަރުންގެ ނުރުހުމަށް ބީރުކަންފަތެއްދީ، އާސެނަލް އިން މަޑުއެކޭ ސޮއިކޮށްފި

އަބްދުﷲ ޣާނިމް
16 ޖުލައި 2025 - 09:51
ސަޕޯޓަރުންގެ ނުރުހުމަށް ބީރުކަންފަތެއްދީ، އާސެނަލް އިން މަޑުއެކޭ ސޮއިކޮށްފި

އިނގިރޭސި ވިލާތުގެ ނޭޝަނަލް ޓީމުގެ ކުޅުންތެރިޔާ ނޯނީ މަޑުއެކޭ ޗެލްސީއިން އާސެނަލްއަށް ބަދަލުވެ، 2030 ވަނަ އަހަރާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

52 މިލިއަން ޕައުންޑުގެ އަގުހުރި މި ޑީލްއަކީ މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި އާސެނަލްއިން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓްތަކުގެ ތެރެއިން އެކެވެ. މަޑުއެއެކޭ މިހާރުވަނީ މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށް ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެލްސީގެ ކްލަބް ވޯލްޑް ކަޕް ކެމްޕޭން މެދުތެރެއިން ޓީމު ދޫކޮށްލުމަށްފަހު، މަޑުއެކޭ ވަނީ އާސެނަލްއާއެކު އެއްބަސްވުން ފުރިހަމަކޮށްފައެވެ.

އާރސެނަލްއިން ޗެލްސީގެ މަޑުއެކޭގެ ސޮއި ހޯދުމަށް 50 މިލިއަން ޕައުންޑު ދައްކާނެކަމަށް ބެލެވެއެވެ. މިއާއެކު މިއީ ވޭތުވެ ދިޔަ 6 އަހަރުތެރޭގައި އާރސެނަލް އިން ސޮއިހޯދި ޗެލްސީގެ 7 ވަނަ ކުޅުންތެރިޔާއެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ ވޭތުވެދިޔަ 6 އަހަރުތެރޭގައި އާރސެނަލް އިން ސޮއިކުރި ޗެލްސީގެ އެއްވެސް ކުޅުންތެރިއަކަށް އެކުލަބުގައި އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވާކަމެވެ. އާރސެނަލް އިން މިފަހަކަށްއައިސް ސޮއިކުރި ޗެލްސީގެ ކުޅުންތެރިންގެ ތެރޭގައި ޑޭވިޑް ލުއިޒް، ވިލިއަމްސް، ޖޮޖީނިއޯ، ކައި ހަވާރޓްޒް، ރަހީމް ސްޓަރލިންގް، އަދި މިސީޒަނުގައި ސޮއިކުރި އަރިޒަބަލާގާ ހިމެނެއެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްވީ އައިންޑްހޯވަން އިން ޗެލްސީއަށް ބަދަލުވި މަޑުއެކޭ ވަނީ ޗެލްސީ އަށް 92 މެޗު ކުޅެ 20 ލަނޑު ޖަހާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 2 ދުވަސް ކުރިން