logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިކް ވޯލްޓެމޭޑް ނިއުކާސަލް އަށް

އަބްދުﷲ ޣާނިމް
28 އޯގަސްޓު 2025 - 18:00
ނިކް ވޯލްޓެމޭޑް ނިއުކާސަލް އަށް

ޖަރުމަނުގެ ސްޓަޓްގާޓް ގެ ނިކް ވޯލްޓެމޭޑް ގަތުމަށް ނިއުކާސްލް ޔުނައިޓެޑުާ ސްޓަޓްގާޓް އާދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި އެއްބަސްވުމުގެ އަގު 80 މިލިއަން ޔޫރޯއަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުޓްބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި ވޯލްޓެމޭޑްގެ މެޑިކަލް ޓެސްޓް ކުރިއަށްދާނީ އިނގިރޭސިވިލާތުގައެވެ. އަދި އޭނާގެ ދަތުރުފަތުރުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްކައި ސްޕޯޓްސްގެ ނޫސްވެރިޔާ ފްލޯރިއަން ޕްލެޓެންބަރގް ހާމަކުރި ގޮތުގައި ނިއުކާސްލްއިން މި ޑީލްގައި ދައްކާނީ 85 މިލިއަން ޔޫރޯގެ އަސާސީ އަގަކާއި އިތުރު 5 މިލިއަން ޔޫރޯގެ އެޑް-އޮންސްއެވެ. ވޯލްޓެމޭޑް ސްޓަޓްގާޓްގެ ކުޅުންތެރިންނާއި އަލްވަދާއު ކިޔާފައިކަމަށްވެސް އޭނާ ހާމަކުރިއެވެ.

މި އަގުގައި ވޯލްޓެމޭޑް ގަންނަން ނިންމީ ލިވަޕޫލްއާ ގުޅުމަށް މަސައްކަތްކުރަމުންދާ އެލެކްސަންޑަރ އިސާކްގެ ބަދަލުގައި ކަމަށް ލަފާކުރެވެއެވެ. އިސާކް ވަނީ ލިވަޕޫލްއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މި ޓްރާންސްފާ އާއެކު އިސާކް ލިވަޕޫލަށް ގުޅޭނެކަމަމަށް ގިނަބަޔަކު ދެކެއެވެ.

ނިއުކާސްލްއާ ވޯލްޓެމޭޑް ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށްކުޅިވަރު | 6 ދުވަސް ކުރިންތަށިހޯދުމުގެ ބޭނުމުގައި ސެމެންޔޯ ޔުނައިޓެޑަށް ނޫނެކޭބުނުމަށްފަހު ސިޓީއަށް ބަދަލުވަނީކުޅިވަރު | މަހެއް ކުރިންފަހުވަގުތު ނިއުކާސަލް ކޮޅަށް ގޯލުޖަހައި ޓޮޓްނަމްއަށް މުހިންމުނ ޕޮއިންޓެއްކުޅިވަރު | 2 މަސް ކުރިންރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 2 މަސް ކުރިން