logo
ޚަބަރު

ޕީއެންސީގެ އަމާޒުހުރީ 1 ލައްކަ މެމްބަރުންނާއެކު ލޯކަލް ކައުންސިލް އިންތިހާބާ ކުރިމަތިލުމަށް

އާމިނަތު ޝަފާ
16 ޖުލައި 2025 - 16:34
ޕީއެންސީގެ އިސް ވެރިން ޖަލްސާއެއްގައި//  -- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ އިސް ވެރިން ޖަލްސާއެއްގައި// -- ފޮޓޯ: ޕީއެންސީ

އަމާޒަކީ އެއްލައްކަ މެމްބަރުންނާއެކު ލޯކަލް ކައުންސިލް އިންތިހާބާ ކުރިމަތިލުންކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެޕާޓީން މުޅި ރާއްޖޭގައި ތަފާތު އެކި ހަރަކާތްތައްވެސް އަންނަނީ ބާއްވަމުންނެވެ. މިކަމާ ގުޅޭގޮތުން މެންދުރުޓީވީގެ ހަބަރު ގަޑީގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އަމާޒަކީ އެއްލައްކަ މެމްބަރުންނާއެކު ލޯކަލް ކައުންސިލް އިންތިހާބާ ކުރިމަތިލުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" މިހާރުވެސް އަތޮޅު ތެރޭގައި އެބަދޭ ހަރަކާތްތައް. ރައްޔިތުންގެ ހާލުބެލުމާއި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ވާންޖެހޭ ތައްޔާރީތައް. މިކަންކަމުގެ ތެރެއިން ފޯމުވެސް އެބަ ފުރަން. އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބު އަންނަންވާއިރަށް 1 ލައްކަ މެމްބަރުން ހަމަކުރުން".

މެމްބަރު މިފަދައިން ވިދާޅުވިއިރު ދިވެހިރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ޝަރަފް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބި، އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އެ ޕާޓީކަމުގައި ވަނީ ވެފައެވެ.

އިލެކްޝެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެންސީ އަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއެވެ. މިއީ ޤައުމުގެ ސިޔާސީ މަޝްރަޙަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބަދަލެކެވެ.

އެއާއެކު ޕާޓީއަށް މީހުން ވައްދަނީ ގަދަކަމުންކަމަށް ދޭހަވާ މޭރުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މިކަމަށް ރައްދުދީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ރައްޔިތުން ވަންނަނީ ހެޔޮހިތުންކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމަކީ ފަސޭހަކަމެއްނޫންކަމަށާއި ޕީއެންސީ ހިނގަނީ އެހެން ޕާޓީތަކާ ތަފާތުކޮށްކަމަށެވެ.

"ވަރަށް ގިނަ އިން އަޑުއިވޭ މިކޮޅަށް ގެންނަނީ ގަދަކަމުންނޯ. ފެންނަ މަންޒަރު ވަރަށް ތަފާތު. ޕާޓިއަށް ވަތް ބަޔަކު ވަނީ ހެޔޮހިތުން. ވަގަށް ގަދަކަމުންނޯ ވެއްދީ"

ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ކޮންމެ ހަ މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަމުން ގެންދެއެވެ. އެންމެ ފަހުން އާންމުކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 68,665 އަށް ވަނީ އަރާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 7 ދުވަސް ކުރިންޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން: ޝިޔާމްޚަބަރު | 13 ދުވަސް ކުރިންޕީއެންސީގެ ލީޑާޝިޕުން މަކުނުދޫ ދާއިރާއަށް ޚަބަރު | 21 ދުވަސް ކުރިންކައުންސިލްތައް ކުދި ސަރުކާރުތަކެއް ގޮތަށް ހިންގައިގެންނުވާނެ: މުހައްމަދު އިސްމާއީލްޚަބަރު | މަހެއް ކުރިން