logo
ޚަބަރު

ވެރިކަމަށް އައިސް ފުރަތަމަވެސް ޖެހުނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ތަޅުލަން: ޝުޖާއު

އާމިނަތު ޝަފާ
16 ޖުލައި 2025 - 17:10
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ވެރިކަމަށް އައިސް ފުރަތަމަވެސް ޖެހުނީ އެ ފަންޑު ތަޅުލަންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވަނީ ކުރީ ސަރުކާރުތަކުގައި އިހުމާލުވެފައިވާ ގިނަ ކަންކަން މި ސަރުކާރުން ހައްލުކޮށްދޭން މިހާރުވެސް އެތައް މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މި ސަރުކާރު ހަވާލުވީއިރު ވެފައިވަނީ އޭރަކު ހުންނަ ވެރިއަކަށް އެއިން ފައިސާ ނަހަމަގޮތުގައި ބޭނުންކުރޭވޭ ފަންޑަކަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ފުރަތަމަ ވެސް ވެރިކަމަށް އައިސްޖެހުނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ތަޅުލަން . ކާވަރުން. އެހެންވެގެން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނެއް ހަދަންޖެހުނީ. ވެރިން ފަންޑަށް އަތް ބޭނުވުން ހުއްޓުވުމަށް. ރައީސް މުއިއްޒަށް އެހެން ހަދަންޖެހުނީ ރައްޔިތުންގެ ހައްގުގައި. ޔާމީން އަށް ބުނަންއޮތީ ޔާމީން ގޭގައި ގެންގުޅޭ ޑޮލަރުކޮޅު އެސްޑީއެފްއަށް ލާދީބަލާށޭ".

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު މިއަހަރު ފަންޑަށް ޖަމާކުރި އަދަދު 907.6 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ފައިސާ ހުސްކޮށްލީ އެމްޑީޕީ ސަރުކާރުންކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

އެއާއެކު ސަރުކާރު ވެރިކަމާ ހަވާލުވެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރި އަދަދު 907.6 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 42.8 އިންސައްތަ އިތުުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑުގައި ހުރީ 635.2 މިލިއަން ރުފިޔާއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ސަރުކާރުންވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ހުށަހަޅާފައިވާއިރު މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ދަރަނި އަދާކުރަން މިއަހަރާއި އަންނަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | ދުވަހެއް ކުރިންމީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 9 ދުވަސް ކުރިންމޫނަށް ރުލެއް އަރުވާނުލާ ޔާމީން ހައްދަނީ އިތުރުފުޅުކަން ރައްޔިތުންނަށް އެނގޭ: ޝުޖާއުޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢުޚަބަރު | މަހެއް ކުރިން