logoEN
ޚަބަރު

ކުދި ގައުމުތަކަށް މާލީ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ހައްލު ހޯދައިދޭންޖެހޭ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ

21 ސެޕްޓެމްބަރު 2024 - 16:02

ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސްގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހީމޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބަދަލު ގެނައުމަށް މުޖްތަމައުގެ ބާރުވެރިކަން އިތުރުކޮށް، މުއައްސަސާތައް ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder