ޢިރާޤުގައި ފިހާރަބަރިއެއްގައި ރޯވެ 60 މީހުން މަރުވެއްޖެ
17 ޖުލައި 2025 - 12:17

ޢިރާޤުގެ އިރުމަތީގައި އޮންނަ އަލް-ކޫތު ސިޓީގައި ހުރި ބޮޑު ފިހާރަބަރިއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، 60އެއްހާ މީހުން މަރުވެއްޖެއެވެ.
އެ ރަށުގެ ޞިއްޙީ ދާއިރާގެ އޮފިޝަލުންނާއި ފުލުހުން ބުނީ، އަލިފާން ރޯވި އިމާރާތުގެ ތެރޭގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 11 މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

Ad by Hajj Corporation
ހަފްތާއެއް ކުރިން ހުޅުވި މި މޯލުގައި ރެސްޓޯރަންޓަކާއި ސުޕަރމާކެޓެއްވެސް ހިމެނެއެވެ.
ކޫތު ސިޓީގައި ހުރި ފިހާރަބަރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި އޮފިޝަލުން ބުނާ ނަމަވެސް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކަން ދެނެގަނެ، އެ މަޢުލޫމާތު ހާމަ ކުރާނެ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު ބުންޏެވެ. އަދި، އިމާރާތާއި ފިހާރަބަރީގެ ވެރިފަރާތާއި ދެކޮޅަށް ދަޢުވާ އުފުލާފައިވާނެ ކަމުގައި ވެސް ގަވަރުނަރު ބުންޏެވެ.

.jpg&w=3840&q=75)
